12 Jan 2015, 11:46
ހުޅުމާލޭ ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކަން ގެންދިޔަ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް ޑޮކްޓަރުން ތުހުމަތު ކުރުމާ ގުޅިގެން އެ މައްސަލަ ފުލުހުން ނަށް ހުށަހަޅައިފި އެވެ.
ހުޅުމާލޭ ހޮސްޕިޓަލުގެ އޮފިޝަލަކު މިއަދު ސަން ވިދާޅުވީ އުމުރުން ފަސް އަހަރުގެ އަންހެން ކުއްޖާ މިދިޔަ ހަފްތާގެ ތެރޭގައި ހޮސްޕިޓަލަށް ގެންދިޔައީ އެނދުން ވެއްޓި އަނިޔާވެގެން ކަމަށް ބުނެ އެވެ.
ނަމަވެސް އެ ކުއްޖާގެ މެޑިކަލް ރިޕޯޓުގައި ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް ޑޮކްޓަރު ލިޔުއްވާފައިވާ ކަމަށް ހޮސްޕިޓަލުގެ އޮފިޝަލު ވިދާޅުވި އެވެ.
އެކަމާ ގުޅިގެން ފުލުހުންނަށް ގުޅާލުމުން، އެ ފަދަ މައްސަލައެއް ހުޅުމާލެ ހޮސްޕިޓަލުން ހުށަހެޅިކަން ނުވަތަ ނޫން ކަން ވެސް ކަށަވަރުކޮށެއްނުދެ އެވެ.