11 Jan 2015, 20:00
މިހާރު ރާއްޖެއަށް ކުރިމަތިވެފައިވާ ވައިނުސާފުވުމުގެ ނޭދެވޭ އަސަރު، ރައްޔިތުންނަށް ފޯރާނެ ކަމަށް ނުބެލެވޭނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް އިން ބުނެފި އެވެ.
މެޓް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ، ރާއްޖޭގެ ވައި ނުސާފުވެފައި ވަނީ އިންޑިއާގެ ޖައްވުގެ ތަޣައްޔަރުވެފައިވާ ވައި ރާއްޖެއަށް ފޯރުވުމުގެ ސަބަބުން ކަމަށެވެ. އެހެންނަމަވެސް އޭގެ ނޭދެވޭ އަސަރު ރައްޔިތުންނަށް ނުފޯރާނެ ކަމަށް އެ އިދާރާ އިން ބުންޏެވެ.
އިރުވައި މޫސުން ރާއްޖެއަށް ފެށުނީ މިދިޔަ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހު އެވެ. މެޓް އޮފީހުގެ އޮފިޝަލް ވިދާޅުވީ، އޭޝިއާ ބައްރުގެ ވައިގެ ތެތްކަން ދަށްވެ، ހިރަފުސް އިތުރުވެ، ދުމުގެ ސަބަބުން ވައި ކިލަނބުވެ އަދި ހުޅަނގުމޫސުމުގެ ވައި ބަދަލުވެ އިރުވައި މޫސޫމުގެ ވަޔާއެކު މި ސަރަހައްދުގެ ބޮޑު ބަޔަކަށް ވައި ނުސާފުވުމުގެ އަސަރުކުރާ ކުރާ ކަމަށެވެ.