އެމެރިކާއާއި އިންޑިއާއާ ދެމެދު އޮންނަ ވިޔަފާރީގެ ގުޅުން ރަނގަޅުކުރަން މަޝްވަރާ ކުރުމަށާއި ރައީސް ބަރަކް އޮބާމާގެ ދަތުރުފުޅަށް އިންޑިއާ ތައްޔާރު ކުރުވުމަށް އެމެރިކާގެ ފޮރިން ސެކްރެޓަރީ ޖޯން ކެރީ އިންޑިއާ އަށް ވަޑައިގެންފި އެވެ.

ނިއުޔޯކް ޓައިމްސް ބުނީ އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގައި ކެރީ ފުރަތަމަ ވަޑައިގެންނެވީ ގުޖުރާތު ސްޓޭޓްގެ ވެރިރަށް އަހުބަދު އާބާދަށް ކަމަށެވެ. އެއީ ގުޖުރާތުގައި ބާއްވާ ގުޖުރާތު އިންވެސްޓްމެންޓް ސަމިޓްގައި ބައިވެރިވާ އެމެރިކާ ވަފުދުގެ ވެރިއެއްގެ ހައިސިއްޔަތުން ކަމަށް ވެސް އެނޫހުން ބުންޏެވެ. އެ ސަމިޓް ހުޅުއްވައި ދެއްވާނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ އެވެ.

އިންޑިއާގެ ރިޕަބްލިކް ދުވަސް ފާހަގަ ކުރުމަށް ބާއްވާ ރަސްމިއްޔާތުގައި ބައިވެރިވަޑައިގެންނެވުމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ ކުރައްވާ ދަތުރުފުޅާ ބެހޭ ގޮތުން ކެރީ މޯދީއާއި އެކު މަޝްވަރާ ކުރައްވާނެ އެވެ.

ކެރީގެ އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ޖަރުމަނުގައި މަޑުކޮށްލެއްވި އެވެ. އެއީ އެގައުމުގައި މިހާރު އާލާސްކަންފުޅެއްގައި އޮންނެވި އޮމާންގެ ރަސްގެފާނު ސުލްތާން ގާބޫސް އަށް ޒިޔާރާތް ކުރެއްވުމަށެވެ. ސުލްތާން ގާބޫސާއި އެކު ކެރީ މަޝްވަރާ ކުރެއްވީ އީރާނުގެ ނިއުކްލިއަ ޕްރޮގްރާމްތަކާ ބެހޭ ގޮތުން ކަމަށް ނޫހުން ބުންޏެވެ.