11 Jan 2015, 14:51
މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) މެނޭޖިން ޑިރެކްޓަރު އަހުމަދު އުމަރު މަގާމުން ވަކިކޮށްފި އެވެ.
ޕްރައިވެޓައިޒޭޝަން ބޯޑުގެ ޗެއާމަން މުހައްމަދު ނިޒާރު މިއަދު ސަން އަށް ވިދާޅުވީ އުމަރު މަގާމުން ވަކިކޮށްފައި ވަނީ ސަރުކާރުން ހުށައެޅުމުން މިއަދު ކަމަށެވެ.
އުމަރު އެމަގާމުން ވަކިކުރެއްވި ސަބަބު އަދި ވަނީ ސާފުވާގޮތްނުވެފަ އެވެ.
އެމްޑްބްލިޔްއެސްސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އުމަރު އައްޔަންކުރެއްވީ ވެސް ރައީސް އަބުދުﷲ ޔާމީންގެ ސަރުކާރުންނެވެ. އެކަމަކު ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގެ ގޮތުގަ އެވެ.
ފެންކުންފުނީގެ މެނޭޖިން ޑިރެކްޓަރު މަގާމުން ވަކިކޮށްފައިވާ އިރު މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ވަނީ އެކުންފުނީގައި އަލިފާނުގެ ހާދިސާއެއް ހިނގައި މުޅިމާލެ އިން ހަފްތާއެއްހާ ދުވަހަށް ފެނުގެ ހިދުމަތް މެދުކެނޑިފަ އެވެ. ސަރުކާރުން ދަނީ އެކަން ދިމާވަން މެދުވެރިވި ސަބަބުބަލަމުންނެވެ.