ރާންބާ ރެސްޓޯރެންޓުގައި ޕާޓީއެއް ކުރިއަށް ދަނިކޮށް އެތާނގެ ތެރެއަށް ބަޔަކު ވަދެ މާރާމާރީ ހިންގައިފި އެވެ.

އެ މާރާމާރީގައި ދެ މީހަކު ޒަހަމްވެފައިވެ އެވެ. ޒަހަމްވި 23 އަހަރުގެ މީހާ އާއި 35 އަހަރުގެ މިހާއަށް ވަނީ އައިޖީއެމްއެޗުން ފަރުވާ ދިނުމަށްފަހު ދޫކޮށްލާފަ އެވެ. ޒަހަމްވި މީހުންގެ ތެރޭގައި ސިފައިންގެ މީހަކު ވެސް ހިމެނެ އެވެ.

އެ މާރާމާރީގެ މައްސަލަ މިރޭ 7:08 ގައި ފުލުހުންނަށް ހުށަހަޅާފައިވާއިރު، އެއްވެސް މީހަކު އެ މައްސަލާގައި އަދި ހައްޔަރުކޮށްފައެއް ނުވެ އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި އެ މާރާމާރީ ހިންގަން މެދުވެރިވީ ހަތަރު ވަރަކަށް މީހުންގެ ގްރޫޕަކުން ރެސްޓޯރެންޓް ތެރޭގައި ކުރިއަށްދިޔަ ޕާޓީއެއްގެ ތެރެއަށް ވަދެ ފޯނެއް ފޭރިގަތުމަށްފަހު ނުކުންނަން އުޅުމުން އެ މީހުން ބަޔަކު ހިފެހެއްޓުމުންނެވެ.