"ޖަލުގެ އިދާރީ ހިންގުމާ ބެހޭ ގަވާއިދު" މިމަހު އަށް ވަނަ ދުވަހު ގެޒެޓްކޮށް އެ ގަވާއިދަށް އަމަލުކުރަން ފަށައިފި އެވެ.

އެ ގަވާއިދަކީ ދިވެހި ރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ 144 ވަނަ މާއްދާގެ އެއްވަނަ ނަންބަރުގެ ދަށުން ބާރުލިބިގެން އެކުލަވައިލެވިފައިވާ ޖަލުގެ އިދާރީ ހިންގުމާ ބެހޭ ގަވާއިދެވެ.

އެ ގަވާއިދުގެ މަގްސަދަކީ މޯލްޑިވްސް ކަރެންޝަނަލް ސާވިސްގެ ދަށުން ބަލަހައްޓާ ޖަލުތައް، ދިވެހި ރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާއި ޖަލު އަމުރުތަކާ އެއްގޮތްވާ ގޮތުގެމަތިން ހިންގުމަށް ޓަކައި ޖަލުތަކުގައި އިދާރީ ގޮތުން ކުރަން ޖެހޭ ކަންކަން ބަޔާންކުރުމެވެ.

ޖަލުގެ އިދާރީ ހިންގުމާ ބެހޭ ގަވާއިދަށް މިހާރު އަމަލުކުރަން ފަށާފައިވާ އިރު ގަވާއިދު ހިންގާނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިންނެވެ.