ޕެރިސް (ޖަނަވަރީ 10) : ފަރަންސޭސިވިލާތުގައި ޓެރަރިޒަމްގެ ހަރަކާތްތަކެއް ހިންގި މީހުންނާއި އިސްލާމް ދީނާ ގުޅުން ކަމަށާއި އެމީހުންގެ ޓެރަރިސްޓް އަމަލުތަކުގެ މަލާމާތް އިސްލާމްދީނަށް ރައްދު ނުވާ ކަމަށް ފަރަންސޭސި ރައީސް ފްރާންސްވާ އޮލާންދް ވިދާޅުވެއްޖެ އެވެ.

"ޝާލީ އެބްޑޫ" ނޫހަށް ޙަމަލާދިން ދެބެން މަރާލުމަށް ފަހު ދެއްވި ބަޔާނެއްގައި އޮލާންދް ވިދާޅުވީ އިސްލާމް ދީން މިފަދަ އަނިޔާވެރި އަމަލުތައް ނަހީކުރާ ކަމަށާއި އެމީހުން ހިންގި އަމަލުތަކުގެ ސަބަބުން ފަރަންސޭސިވިލާތުގެ އެހެން މުސްލިމުންދެކެ ނަފްރަތު ކޮށްގެންނުވާނެ ކަމުގަ އެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމައަށް ފުރައްސާރަކޮށް ކާޓޫނު ކުރަހަމުންދިޔަ "ޗާލީ ހެބްޑޫ" ނޫހަށް ހަމަލާދީ 12 މީހުން މަރާލިކަމަށް ތުހުމަތު ކުރެވޭ ދެމީހުންނަށް ފަރަންސޭސި ފުލުހުން ހަމަލާދީ ވަނީ މަރާލާފަ އެވެ. ފަރަންސޭސިވިލާތުގެ ޗާލްސް ޑިގޯލް އެއާޕޯޓުގެ ކައިރީގައިވާ ފިހާރައެއް ފަދަ ތަނެއްގައި މީހުންތަކެއް ރަހީނުކޮށްގެން ތިބި އެދެމީހުން މަރާލީ އެދެމީހުން ފުލުހުންނަށް ހަމަލާ ދިނުމަށް ނުކުތުމުން ކަމަށް ޚަބަރުތައް ބުނެ އެވެ.

ނަމަވެސް ޗާލްސް ޑިގޯލް އެއާޕޯޓުގެ ކައިރީގައިވާ ފިހާރައެއް ފަދަ ތަނެއްގައި މީހުންތަކެއް ރަހީނުކުރީ "ޝާލީ އެބްޑޫ" ނޫހަށް ދިން ހަމަލާއާ ގުޅުންހުރި ކަމަށް ބެލެވޭ އެހެން މީހަކު ކަމަށް ވެސް ބައެއް ޚަބަރުތައް ބުނެއެވެ. ރަހީނުކުރި މީހުންގެ ތެރެއިން ހަތަރު މީހުންނާއި ޝަރީފްއާއި ސައީދު ވެސް ވަނީ ރަހީނުން މިނިވަންކުރުމަށް ފަރަންސޭސިފުލުހުން ހިންގި އޮޕަރޭޝަންގައި މަރުވެފައެވެ.

"ޗާލީ އެބްޑޫ" އަށް މިދިޔަ ބުދަދުވަހު ދިން ޙަމަލާ ތަކަކީ ފަރަންސޭސިވިލާތުގައި އުފެދެމުންދާ ފަލަސްތީނުގެ ހައްގުތަކަށް ތާއީދުކުރުމުގެ ރޫޙު ނައްތާލައި މުސްލިމުންނަށް ނަފްރަތު އުފެއްދުމުގެ ގޮތުން މުސްލިމުންގެ ބަޔަކު ލައްވައި ޒަޔަނިސްޓުން ކުރިވި ކަމެއް ކަމަށް ބުނާ ބއެއް ރިޕޯޓްތައް ބުނެއެވެ. މިކަމުގެ ބޭނުމަކީ މުސްލިމުންނާއި ހުޅަނގާ އިތުރަށް ދުޝްމަންކޮށް މުސްލިމުން ޓެރަރިސްޓުންނަށް ހެދުންކަމަށާ ނަމަވެސް މުސްލިމުންގެ ނަމުގައިތިބޭމީހުން މިފަދަ ދަލުތަކުގައި ވަރަށް ފަސޭހައިން ޖެހެމުންދާ ކަމަށް މިރިޕޯޓްތައް ބުނެއެވެ. (ނޫސްއެޖެންސީތައް)