ސްރީލަންކާގެ އާ ރައީސް މައިތްރިޕާލަ ސިރިސޭނާއާއެކު ސްރީލަންކާގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި އެގަމުގެ އާ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހް ބޮޑުވަޒީރުކަމުގެ ހުވާ މިއަދު ކުރައްވައިފި އެވެ.

ޝްރީލަންކާގެ އާ ރައީސް މައިތްރިޕާލާ ސިރިސޭނާ މަގާމުގެ ހުވާކުރެއްމަށް ބޭއްވި ރަސްމިއްޔާތުގައި، ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހް އަށް ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކޭ ސްރިޕާވަން އެވެ. މިއީ އެ މަނިކުފާނު ބޮޑުވަޒީރު ކަމާ ހަވާލުވެވަޑައިގެންނެވި ތިން ވަނަ ފަހަރެވެ.

ރަނިލް ވަނީ މީގެ ކުރިން 2005 ވަނަ އަހަރު ބޭއްވުނު އިންތިހާބުގައި ރާޖަޕަކްސަގެ ބޮޑުވަޒީރެއްގެ ގޮތުގައި ވެސް އިންތިހާބުގައި ވާދަކޮށް ކާމިޔާބު ހޯއްދަވައިފައެވެ.

ސްރީލަންކާގެ އިންތިހާބު މަތްރިޕާލަ ސިރިސޭނާ ކާމިޔާބު ކުރެއްވީ، އެގައުމުގެ ކުރީގެ ރައީސް ރާޖަޕްކްސައާ ވާދަކޮށް 51 އިންތައްސަ ވޯޓުން ނެވެ.

ރާޖަޕަކްސައަށް ވަރަށް ބޮޑަށް ފާޑުވިދާޅުވުމަށް ފަހު ސްރީލަންކަން ފްރީޑަމް ޕާޓީއާއި ހެލްތު މިނިސްޓަރު ކަން ދޫކުރައްވައި ވަޑައިގެން ރިޔާސީ ރޭހަށް ނުކުންނެވި ސިރިސޭނައަށް އިންތިހާބު ކާމިޔާބު ވެވަޑައިގެންނެވުމުން އޭނާ ވަނީ ރާޖަޕަކްސައަށް ޝުކުރު އަދާކުރައްވާފައެވެ. އޭނާ ވިދާޅުވެފައި ވަނީ މިނިވަން އިންސާފުވެރި އިންތިހާބަކަށް ރާޖަޕަކްސަ މަގު ކޮށްޓަވައި ދެއްވި ކަމަށެވެ.

"...ރާޖަޕަކްސަ ވަނީ މިނިވަން އިންސާފުވެރި އިންތިހާބަކަށް މަގު ކޮށްޓަވައި ދެއްވާފައި. އަޅުގަނޑު ރައީސަކަށް ވާން ފުރުސަތު ލިބުނީ އެހެންވެ،" އިންތިހާބު ކާމިޔާބު ކުރެއްވުނުކަން ރަސްމީކޮށް އިއުލާން ކުރެއްވުމަށް ފަހު ސިރިސޭނާ ވިދާޅުވެފައިވެ އެވެ.