ހުޅުމާލޭ ކުނި ގޮނޑު ހިމެނޭ ސަރަހައްދުގައި އަލިފާން ރޯވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ "ސަން"އަށް ވިދާޅުވީ، އަލިފާން ރޯވީ ހުޅުމާލެ ނިރޮޅުމަގުގެ އިރުމަތި ފަރާތުގައި ހުރި ގަސްތަކެއްގައި ކަމަށާއި އެ ސަރަހައްދަކީ ކުނިގޮނޑު ހުންނަ ސަރަހައްދު ކަމަށެވެ.

އޮފިޝަލް ވިދާޅުވީ، ފުލުހުންނަށް އަލިފާން ރޯވެފައިވާކަން ރިޕޯޓުކޮށްފައި ވަނީ މިރޭ 9:15 ކަންހާއިރު ކަމަށެވެ. އަދި ފުލުހުންނާއި ސިފައިން ވެގެން އަލިފާން ގަނޑު ކޮންޓްރޯލް ކުރަމުންދާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

މި މައްސަލައިގައި އެމްއެންޑީއެފްގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އަލިފާންގަނޑު އިތުރަށް ފެތުރުނަ ނުދިނުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ.