ފްރާންސްގެ ވެރިރަށް ޕެރިހުގައި ޔަހޫދީން ވިޔަފާރި ކުރާ ސުޕަރ މާކެޓެއްގައި ހަތިޔާރު އެޅި މީހެއްގެ އަތްދަށުގައި ރަހީނުވި މީހުން ސަލާމަތް ކޮށްފި އެވެ.

އޭއެފްޕީ ބުނީ ކޮމާންޑޯއިން ދިން ހަމަލާތަކަށް ފަހު ސްޕަމާކެޓް ތެރެއިން އެތައް ބަޔަކު ނުކުމެ، ސަލާމަތް ވެފައިވާ ކަމަށެވެ.

ފްރާންސްގެ އޮފިޝަލުންނާ ހަވާލާދީ އޭއެފްޕީ އިން ކުރިން ބުނީ، ޕެރިހުގެ އިރުމަތީގައިވާ ކޯޝަރު ސްޕަމާކެޓްގައި ހަތިޔާރު އެޅި މީހާގެ އަތްދަށުގައި މަދުވެގެން ފަސް މީހަކު ރަހީނުވެފައި އެބަ ތިބި ކަމަށެވެ. އަދި ބުނީ ރަހީނުވެފައިވާ މީހުން ސަލާމަތް ކުރުމަށް ފްރާންސްގެ ގިނަ އަދަދެއްގެ ފުލުހުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މަރުވި ދެމީހުން މަރުވީ ރަހީނު ކުރި މީހާގެ ހަމަލާއަކުން ކަމެއް ނުވަތަ ފްރާންސް ފުލުހުންގެ ހަމަލާއަކުން ކަމެއް އޭއެފްޕީއަކުން ނުބުނެ އެވެ.