09 Jan 2015, 21:01
ރާއްޖޭގެ ވޮލީބޯޅަ އެސޯސިއޭޝަން (ވީއޭއެމް) އިން އިންތިޒާމްކޮށްގެން މިހާރު ކުރިއަށް ގެންދާ ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިންވަނަ ސެމީ ކާމިޔާބުކޮށް، މުބާރާތުގެ ތިންވަނަ ކްލަބް އިމިގްރޭޝަނުން ހޯދައިފި އެވެ.
ކްލަބް އިމިގްރޭޝަނުން މުބާރާތުގެ ތިންވަނަ ސެމީ ކާމިޔާބުކުރީ ޕޮލިސް ކްލަބާއި ވާދަކޮށް ސީދާ ތިން ސެޓުން ނެވެ. އިއްޔެ ހަވީރު ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު އެ މެޗުގެ ސެޓުތައް ޕޮލިހުންެ ގެންދިޔައީ 15-25، 15-25 އަދި 16-25 ގެ ނަތީޖާއަކުން ނެވެ. އަދި އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޕޮލިސް ކްލަބްގެ ހައްވާ ރަޝީދާ އެވެ.
ތިން ވަނަ ސެމީގެ ނަތީޖާއާއެކު ޕޮލިހަށް ވަނީ މުބާރާތުގެ ފައިނަލްގެ ފަހު ޖާގަ ކަށަވަރު ވެފައެވެ. މުބާރާތުގެ ގަދަ ދެ ޓީމް ވާދަކުރި ދެވަނަ ސެމީގައި، ޕޮލިސް ކްލަބް ބަލިކޮށް މުބާރާތުގެ ފައިނަލުން ޖާގަ ކަށަވަރު ކުރި ފުރަތަމަ ޓީމަކީ ނައިފަރު ޖުވެނައިލް އެވެ.
ވީއޭއެމް އިން ވަނީ މާދަމާ ރޭ މި އަހަރުގެ ދެވަނަ ޑިވިޝަންގެ ގައުމީ ވޮލީ ލީގު ފަށަން ހަމަޖައްސާފައެވެ. އެ މުބާރާތުގައި އަށް ޓީމެއް ވާދަ ކުރާއިރު، މުބާރާތް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ މިމަހުގެ 16 ވަނަ ދުވަހާ ހަމައަށެވެ.