ފްރާންސްގެ ވެރިރަށް ޕެރިހުގައި ހަތިޔާރު އަޅައިގެން ހުރި މީހަކު އެތައް ބަޔަކު ރަހީނުކޮށްފި އެވެ.

ފްރާންސްގެ އޮފިޝަލުންނާ ހަވާލާދީ އޭޖެންސެ ފްރާންސް ޕްރެސް ( އޭއެފްޕީ) ބުނީ ޕެރިހުގެ އިރުމަތީގައިވާ ކޯޝަރު ސްޕަމާކެޓްގައި ހަތިޔާރު އެޅި މީހާގެ އަތްދަށުގައި މަދުވެގެން ފަސް މީހަކު ރަހީނުވެފައި އެބަ ތިބި ކަމަށެވެ. އަދި ބުނީ ރަހީނުވެފައިވާ މީހުން ސަލާމަތް ކުރުމަށް ފްރާންސްގެ ގިނަ އަދަދެއްގެ ފުލުހުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މަރުވި ދެމީހުން މަރުވީ ރަހީނު ކުރި މީހާގެ ހަމަލާއަކުން ކަމެއް ނުވަތަ ފްރާންސް ފުލުހުންގެ ހަމަލާއަކުން ކަމެއް އޭއެފްޕީއަކުން ނުބުނެ އެވެ.

ކޯޝަރު ސުޕަމާކެޓްގައި ބަޔަކު ރަހީނުކޮށްގެން ހަތިޔާރު އެޅި އެކަކު އުޅޭ އިރު ޗާލީ ހެބްޑޫ ނޫހަށް ހަމަލާދީ 12 މީހުން މަރައިލި ކަމަށް ތުހުމަތު ކުރެވޭ ދެމީހުން ހައްޔަރު ކުރުމަށް ޗާލްސް ޑި ގާލޭ އެއާޕޯޓްގައި ފްރާންސް ފުލުހުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެމީހުން ވެސް އެކަކު ރަހީނުކޮށްފައިވާ ކަމަށް ނޫސްތަކުން ބުންޏެވެ.