09 Jan 2015, 18:00
އިސްލާހީ ގިނަ ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށް ވައުދުވެވަޑައިގެންފައިވާ ސްރީލަންކާގެ އާ ރައީސް މައިތިރިޕާލާ ސިރިސޭނާ މަގާމުގެ ހުވާ ކުރައްވައިފިއެވެ.
ކޮލަމްބޯގެ އިންޑިޕެންޑެންސް ސްކޮޔާގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ސިރިސޭނާ އަށް ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކޭސްރީ ޕަވާންއެވެ. އެގައުމުގެ އުއްތަމަ ފަނޑިޔާރު މޯހަން ޕެއިރިސްއެވެ. ލަންކާގެ ޓީވީ ތަކާއި ބައެއް އޮންލައިން ނޫސްތަކުން ވަގުތުން ދުރަށް ދެއްކަމުންދާ އެރަސްމިއްޔާތުގައި ސިރިސޭނާއަށް ތާއީދުކުރާ ގިނަ އަދަދެއްގެ މީހުން ބައިވެރިވެއެވެ.

ރަނިލް ވިކްރަމަ ސިންހާ: ބޮޑުވަޒީރަކީ ރަނިލް
ރާޖަޕަކްސާ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވުމަށް ފަހު ސްރީލަންކަން ފްރީޑަމް ޕާޓީއާއި ހެލްތު މިނިސްޓަރު ކަން ދޫކުރައްވައި ވަޑައިގެން ރިޔާސީ ރޭހަށް ނުކުންނެވި ސިރިސޭނާ އަށް އިންތިހާބު ކާމިޔާބު ވެވަޑައިގެންނެވުމުން އޭނާ ވަނީ ރާޖަޕަކްސާއަށް ޝުކުރު އަދާކުރައްވާފަ އެވެ. އޭނާ ވިދާޅުވެފައި ވަނީ މިނިވަން އިންސާފުވެރި އިންތިހާބަކަށް ރާޖަ ޕަކްސާ މަގު ކޮށްޓަވައި ދެއްވި ކަމަށެވެ.
"...ރާޖަޕަކްސާ ވަނީ މިނިވަން އިންސާފުވެރި އިންތިހާބަކަށް މަގު ކޮށްޓަވައި ދެއްވާފައި. އަޅުގަނޑު ރައީސަކަށް ވާން ފުރުސަތު ލިބުނީ އެހެންވެ،" އިންތިހާބު ކާމިޔާބު ކުރެއްވުނުކަން ރަސްމީކޮށް އިއުލާން ކުރެއްވުމަށް ފަހު ސިރިސޭނާ ވިދާޅުވެފައިވެ އެވެ.