08 Jan 2015, 22:48
ގައުމީ ފުޓްބޯޅަ ދަނޑުގައި މިހާރު ކުރިއަށްދާ މިއުޒިކް ފެސްޓިވަލްގައި ޕާފޯމް ކުރަމުން ދަނިކޮށް ދަނޑަށް ވަންނަން ތިބި މީހުންގެ މެދުގައި ހިނގި ހަމަނުޖެހުމެއްގެ ތެރެއަށް ފުލުހުން ޕެޕާ ސުޕުރޭ ޖަހައިފި އެވެ.
އެސަރަހައްދުގައި މިވަގުތު ހަރަކާތްތެރިވަމުން އަންނަ ސަންގެ ނޫސްވެރިޔާ މައުލޫމާތު ދިންގޮތުގައި ޕެޕާ ސްޕުރޭ ޖަހާފައިވަނީ ދަނޑަށް ވަންނުމަށް ހަދާފައިވާ ކިޔޫ ބާރުބޮޑުވެ ތޮއްޖެހުމުން ހިނގި ހަމަނުޖެހުމެއް ހައްލުކުރުމަށެވެ. އަދި މިހާރު އެސަރަހައްދުގައި އެއްވެސް ހަމަނުޖެހުމެއް ނުހިނގާކަމަށް ބުންޏެވެ.
ސަންގެ ނޫސްވެރިޔާ މައުލޫމާތު ދިންގޮތުގައި އެހަމަނުޖެހުން ހިނގުމާއި ގުޅިގެންނާއި ޕެޕާ ސުޕުރޭ ޖެހުމުން ދަނޑުގެ ތެރެއިންވެސް އެތަނަށް މީހުން އައެވެ.
އެކަމާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަދި އެފަދަ މައުލޫމާތެއް ލިބިފައިނުވާ ކަމަށެވެ.