08 Jan 2015, 22:24
ރޭގަނޑުގެ އަނދިރީގައި މޫދު ފެނިފައި ޕްރިޔަންކާ މޮޔަ ވެއްޖެ އެވެ. ހިތް ކިޔަނީ ކަނޑަށް ފުންމާލުމަށެވެ. ފަނޑު އަލީފައި ފަރުގެ މުރަކަތައް ފެންނަ ގޮތުން ކުޑަކޮށް ޖެހިލުންވެ އެވެ. އައްޔަކަސް އަނދިރިވުމަކުން އޭނާއަކަށް ބިރުވެރިކަމެއް އަދި ނެތެވެ. ދަތުރު ކުރި ލޯންޗު ފަރަށް އެރުމުން ވެސް އޭނާ ހުރީ މަޖާވެފަ އެވެ. އެކަން އެނގެނީ އޭނާގެ ޓްވީޓުތަކުންނެވެ. ޝެރެޓަން މޯލްޑިވްސް ރިސޯޓް އެންޑް ސްޕާއަށް ދަތުރު ކުރި ޕްރިޔަންކާގެ ލޯންޗު ފަރަށް އަރާފައި އޮތް ދަނޑިވަޅުގައި ވެސް ބެލީ ސެލްފީއެއް "ބެންޑު"ކޮށްލާށެވެ.
Scary coral now can't wait to jump in the ocean!!!pic.twitter.com/pg5T3CQV3M
— PRIYANKA (@priyankachopra)January 8, 2015
މިރޭ 7:30ގައި ޕްރިޔަންކާގެ ލޯންޗު ފަރަށް އެރުމުން، ރާއްޖޭގެ ގުދުރަތީ މާހައުލަށް އޭނާ ހުރީ "ވަރިހަމަ"ވެފަ އެވެ. އޭނާ ބުނާ ކަހަލަ މިހެން ވިޔަސް "ހަމަ އޯކޭ" އެވެ. އެ ދަނޑިވަޅުގައި ކޯސްޓްގާޑުން ދިން އެހީތެރިކަމަށް އޭނާ ވަނީ ސާބަސް ބަންޑުންކޮށްލާފަ އެވެ. ޝުކުރުވެރިކަމާއެކު އެވެ.
Rescue operation!!! Phew! Finally made it to the hotel! Which is stunning! Thank u coast Guard!#MaldivesAdventurepic.twitter.com/z5018qoFQ8
— PRIYANKA (@priyankachopra)January 8, 2015
ރާއްޖޭގެ ފަސްގަނޑުގައި ފައިޖެހުމާ އެކު އޭނާގެ ހަރަކާތްތަކާމެދު ހައިރާނެއް ނުވޭ ހެއްޔެވެ؟ މިއޮއް ދައްކާ ވާހަކަ އެވެ. ރޭގަނޑުގެ ކަނު އަނދިރީގައި ބޭނުންވަނީ ކަނޑަށް ފުންމާލާށެވެ. މޫދަކަށް ވެސް ނޫނެވެ. ބޭނުންވަނީ ހަމަ ކަނޑަށް ފުއްމާލުމަށެވެ.
ބޮލީވުޑް ބަތަލާ އަދި ލަވަކިޔުންތެރިޔާ ޕްރިޔަންކާ ޗޯޕްރާ މިއަދު އިރުއޮއްސުނު ވަގުތު ރާއްޖެ އައި ހިސާބުން އޭނާ ހުރީ އާވާރާވެފަ އެވެ. އޭނާ ރާއްޖެ އައިތާ އަދި ފަސް ގަޑިއިރު ވެސް ނުވެ އެވެ. އޭނާ ކުރި ހައެއްކަ ޓުވީޓުން މުޅި ސޯޝަލް މީޑިއާ އޮތީ ފުނިޖެހިފަ އެވެ.
ކުރީގެ މިސް ވޯލްޑެއް ކަމަށްވާ ޕްރިޔަންކާ ހިމުން ވެލީގެ ގޮނޑުދޮށުގެ "މަސްތުވެފައިވާ" އިރު، ގިނަ ދިވެހިން ވެސް ތިބީ އޭނާގެ މަސްތުގައި ޖެހިފަ އެވެ. ނަމަވެސް ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބުގެ ދައުވަތަކަށް ރާއްޖެ އައި ޕްރިޔަންކާ މިރޭ ޕާފޯމެއް ނުކުރާނެ އެވެ. އެކަން ޕްރިޔަންކާ ވަނީ އިއުލާންކޮށްފަ އެވެ.
Our boat just hit a huge coral reef! Sitting and waiting for the Coast guard!!#MaldivesAdventureyikes!!#Chaos!!pic.twitter.com/g1dwSTu0eH
— PRIYANKA (@priyankachopra)January 8, 2015
މިރޭގެ މިއުޒިކް ފެސްޓިވަލަށް ޕްރިޔަންކާގެ ޝައުގުވެރިކަން ގެއްލުނީ އެވެ. އޭނާގެ ޝައުގުވެރިކަން ގެއްލުވާލީ ހިންދޫ ކަނޑުގެ ޖަޒީރާގެ ރީތިކަން ފެނުމުންނެވެ. އޭނާ މިރޭ ނަށުވާނެ ކަމެއް ނެތެވެ. ކަރުތާފެނަށް ގެނބެން ދޫކޮށްލާށެވެ. ގޮނޑު ދޮށުގައި ދޮންވެންޔާ ކުޅެލަން ދޫކޮށްލާށެވެ. އަކުންބަކުން އޭރު ކުޅެން އިންނާނެ އެވެ. ފިސާރި ވަރަކަށް ސެލްފީތައް ނަގައި، ޓުވީޓު ވެސް ކުރާނެ އެވެ. އާއެކެވެ. އާހިރުގައި ރާއްޖޭގެ ޓޫރިޒަމަށް އެތައް ޑޮލަރެކެވެ.
ހޮލީވުޑާއި ބޮލީވުޑްގެ މަގުބޫލުކަން ހޯދާފައިވާ ތަރި މެދުވެރިކޯށް އެ ގޭމު ޖެއްސުމުން، ހަމަ ލިބޭނީ ޕަބްލިސިޓީ އެވެ. ފްރީ އެޑްވަޓައިޒްމަންޓެއް ލިބުނީ އެވެ. ދެހިތުގެ ވެރިންގެ ހިތް އަތުލައިގަނެވުނީ އެވެ. އޭރުން ރާއްޖެ އަށް ހަމަ ރަނގަޅަށް ވެސް މަގުބޫލުކަން ލިބޭނެ އެވެ.