ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ބާއްވާ މިއުޒިކް ފެސްޓިވަލްގައި ޕާފޯމް ކުރުމަށް ރާއްޖެ އައި އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި ޕްރިޔަންކާ ޗޯޕްރާ މިރޭގެ ޝޯގައި ޕާފޯމް ނުކުރާނެ ކަމަށް ބުނެފި އެވެ.
ޕުރިޔަންކާ ދެންމެ ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ މިރޭ ޕާފޯމް ނުކުރާނެ ކަމަށާއި މިރޭ އެ ޝޯއަށް ދަނީ އޭކަންގެ ހުށަހެޅުންތައް ބަލާލުމަށް ކަމަށެވެ.




ޕްރިޔަންކާ މިރޭ ޝޯގައި ޕާފޯމް ކުރާނެކަމަށް ބުނެ މީގެ ކުރިން ވަނީ އެތައް އިސްތިހާރެއްކޮށްފައެވެ. އަދި އޭނާއާއެކު ޕާފޯމް ކުރުމުގެ ފުރުސަތު މަޝްހޫރު ދިވެހި ނެށުންތެރިޔާ ސުނީތާ އަލީއަށްވެސް ވަނީދީފައެވެ. މިރޭގެ ޝޯ ބެލުމަށް ގިނަ ބަޔަކު ކިޔޫތައް ހެދިއިރުވެސް އެންމެ ބޮޑަށް ދެކެވުނު ވާހަކައަކީ ޕްރިޔަންކާ ޝޯގައި ޕާފޯމްސް ކުރާނެ ވާހަކައެވެ.

ޕްރިޔަންކާ މިރޭ ޕާފޯމް ނުކުރާނެ ކަމަށް އޭނާ ބުނެފައިވާއިރު މިއަދު އިރުއޮއްސުނު ވަގުތު ރާއްޖެއައި ޕްރިޔަންކާ ރިސޯޓަށް ދަތުރުކުރަމުން ދަނިކޮށް އޭނާ ދަތުރުކުރި ލޯންޗް ވަނީ ފަރަކަށް އަރާފައެވެ. އޭގެ ފަހުން އޭނާ ވަނީ އިތުރު ލޯންޗެއްގައި ފުލްމޫން ރިސޯޓަށް ގެންގޮސްފައެވެ.