08 Jan 2015, 19:34
ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ބާއްވާ މިއުޒިކް ފެސްޓިވަލްގައި ޕާފޯމް ކުރުމަށް ރާއްޖެ އައި އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި ޕްރިޔަންކާ ޗޯޕްރާ ދަތުރު ކުރި ލޯންޗު ފަރަށް އަރައިފި އެވެ.
ޕްރިޔަންކާ ކުރި ޓްވީޓެއްގައި ބުނެފައި ވަނީ "މުރަކައިގެ ބޮޑު ފަރަކަށް" ބޯޓު އަރާފައިވާ ކަމަށާއި އެމްއެންޑީއެފްގެ ކޯސްޓް ގާޑުގެ އިންތިޒާރުގައި ހުރި ކަމަށެވެ.
Our boat just hit a huge coral reef! Sitting and waiting for the Coast guard!!#MaldivesAdventureyikes!!#Chaos!!pic.twitter.com/g1dwSTu0eH
— PRIYANKA (@priyankachopra)January 8, 2015
ފުލުހުންގެ މީޑިއާ އޮފިޝަލް ދެންމެ ސަން އަށް ވިދާޅުވީ މާލެއަތޮޅު ފަރަކަށް އެރި ލޯންޗެއްގައި ތިބި 14 މީހުންގެ ތެރެއިން 10 މީހަކު އިތުރު ލޯންޗަކަށް ލުމަށްފަހު ދަތުރުކުރަމުންދާ ކަމަށެވެ.
ސަން އަށް އެނގިފައިވާގޮތުގައި ޕުރިޔަންކާ ވަނީ ފަރަށް އެރި ލޯންޗުން އިތުރު ލޯޗަކަށް އެރެވުމަށްފަހު ދަތުރުކުރަމުންނެވެ. ނަމަވެސް ދާ މިސްރާބެއް އެނގިފައެއްނުވެއެވެ.