މުދާ ބޭލުމުގެ މަސައްކަތް ކުރަމުންދާ މަޖޫރީން މުޒާހަރާ ކުރަން ފަށައިފިއެވެ.

ސަން އަށް މައުލޫމާތު ދެމުން މަޖޫރީއަކު ބުނީ ގިނަ އަދަދެއްގެ މަޖޫރީން މިއަދު ހެނދުން ފެށިގެން މުޒާހަރާ ކުރަމުންދަނީ މުދާ ކްލިއާ ކުރެވޭނެ އުސޫލެއް ނެތިގެން ކަމަށެވެ. އެމުޒާހަރާ ކުރަމުންދަނީ އެމްޕީއެލްގެ ހެޑް އޮފީސް ކުރިމަތީގައެވެ.

"މުޒާހަރާ ކުރަމުންދަނީ މަސައްކަތް ކުރެވޭނެ މަގެއް ނުފެނިގެން، ކޮންޓެއިނާ ތިރި ނުކޮށްދޭނީ ކޮންޓެއިނާ ކުރިލާއެއް ނުކުރެވޭ" މަޖޫރީއަކު ބުންޏެވެ.

ކޮންޓެއިނާ މަޖޫރީންނަށް ކުލިއާ ކުރެވޭނީ އެމްޕީއެލްއިން އެކޮންޓެއިނާތައް ވަކި ސަރަހައްދަކަށް ގެންދިޔުމުން ކަމަށާއި އެކަން އެމްޕީއެލްއިން ކޮށްދެނީ ވަރަށް ލަސްލަހުން ކަމަށް އޭނާ ބުންޏެވެ.

މަޖޫރީބުނޮގޮތުގައި މިއަދުވެސް 130 ކޮންޓެއިނާއެއް ކުލިއާ ކުރުމަށް މަޖޫރީންނާ ހަމައަށް ގެންނަންޖެހޭ ނަމަވެސް ހެނދުނު 8:00އާ ހަމައަށްވެސް ކުލިއާ ކުރަން ގެނެސްދީފައިވަނީ އެންމެ ފަސް ކޮންޓެއިނާ ކަމަށެވެ. އަދި އެގޮތަށް އެމްޕީއެލްއިން އަމަލުކުރާތާ ދުވަސްކޮޅެއް ވެފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

މިކަމާ ގުޅޭގޮތުން އެމްޕީއެލްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޓެކްނިކަލް މައްސަލަތައް ކުރިމަތިވަނީ އެމްޕީއެލްގެ ވެހިކަލްތަކަށްވެސް މައްސަލަތަކެއް ދިމާވެފަިވާތީ ކަމަށެވެ. އަދި އެކަމުގެ އިތުރު ތަފްސީލް ހާމަކުރާނީ މިއަދު ބާއްވާ ޕްރެސް ކޮންފަރެންސްގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.