ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް، ސިންގަޕޫރަށް ކުރައްވާ ދަތުރުފުޅެއްގައި ރޭ ފުރާވަޑައިގެންފިއެވެ.

ރައީސް އޮފީހުން ރޭ ބުނީ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ރޭ ސިންގަޕޫރަށް ފުރާވަޑައިގަތީ ނުރަސްމީ ދަތުރުފުޅެއްގައި ކަމަށެވެ.