07 Apr 2010, 09:59
10:00
މިއަދަކީ ދުނިޔޭގެ ސިއްހަތު ދުވަހެވެ. ދުވަހާ ގުޅިގެން މިއަދަކީ ފައިމަގުގައި ހިނގާފައި އުޅޭ ދުވަހެއްގެ ގޮތުގައި ހަދައިދިނުމަށް ހުރިހާ ފަރާތްތަކެއްގެ ކިބައިން ހެލްތް މިނިސްޓްރީން އެދިއްޖެ އެވެ.
ހެލްތް މިނިސްޓްރީން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ ދުނިޔޭގެ ސިއްހަތު ދުވަހަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަރަށް ކުލަގަދަގޮތެއްގައި ފާހަގަކުރަމުންދާ ދުވަހެއް ކަމަށެވެ. އަދި ދުވަހުގެ ޝިއާރުގެ ގޮތުގައި ކަނޑައަޅާފައިވާ "ރަށްވެހިކަމާ ސިއްހަތު" މި ޝިއާރަކީ ރާއްޖެއާއި ވަރަށް ގުޅުން ހުރި ޝިއާރަކަށްވާތީވެ، ރާއްޖޭގައި ވެސް މިދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރުމަށް ހަމަޖެހިފައިވާ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.
އެގޮތުން މިއަދަކީ އެއްވެސް މަޖުބޫރު ކަމެއް ނެތި ފައިމަގުގައި ހިނގާފައި އުޅޭ ދުވަހެއްގެ ގޮތުގައި ފާހަގަކުރުމަށް ހެދުމަށް މިއަދު ހައެއް ޖަހަންދެއް ކޮންމެހެން ކުރަންޖެހޭ ދަތުރެއް ފިޔަވާ ދުއްވާ އެއްޗެހި ބޭނުންނުކޮށް، ފައިމަގުގައި އެއްތަނުން އަނެއްތަނަށް ގޮސް އުޅުމަށް އެނޫސްބަޔާނުގައި އެ މިނިސްޓްރީން ވަނީ އެދިފަ އެވެ.