ބުރާސްފަތި ދުވަހުގެ ރޭ ބާއްވާ މިއުޒިކް ފެސްޓިވަލްގެ ޝޯގައި ޕްރިޔަންކާ ބައިވެރިވާނެ ކަން ޓޫރިޒަމް މިނިސްޓަރު އަޙްމަދު އަދީބު ޔަގީންކޮށް ދެއްވުމާ ގުޅިގެން، އެ ޝޯގައި ޕާފޯމްކޮށްލުމުގެ ފުރުސަތަކަށް ރާއްޖޭގެ މަޝްހޫރު ނެށުންތެރިޔާ ސުނީތާ ޢަލީ އެދިއްޖެ އެވެ.

މިނިސްޓަރު އަދީބު ޓެގްކޮށް، ސުނީތާ ދާދި ދެންމެއަކު ކުރި ޓްވީޓުގައި ބުނެފައި ވަނީ ޕްރިޔަންކާ ބައިވެރިވާ ޝޯގައި ޕާފޯމް ކޮށްލުމުގެ ފުރުސަތެއް އޮތް ތޯ އާއި، ފުރުސަތެއް ލިބިއްޖެ ނަމަ އެއީ، ހުވަފެނެއް ހަގީގަތަކަށް ވުން ކަހަލަ ކަމެއް ކަމަށެވެ.




ސުނިތާ އިއްޔެ 'ސަން' އަށް ބުނީ، ޕްރިޔަންކާގެ ޝޯ ގައި ޕާފޯމްކޯށްލަން ފުރުސަތު ލިބިއްޖެ ނަމަ، އެންމެ ބޭނުންވަނީ ޕްރިޔަންކާއަށް ހާއްސަކޮށްގެން އޭނާ ތައްޔާރު ކުރި ޓްރިބިއުޓް ރާއްޖޭގައި ޕްރިޔަންކާއަށް ފެންނަ ގޮތަށް ހުށަހަޅައިދިނުން ކަމަށެވެ.