07 Jan 2015, 11:06
އުމުރުން އަށް އަހަރުގެ ފިރިހެން ކުއްޖަކާ ގަދަކަމުން އެއްޖިންސުން ގުޅުން ހިންގިކަމަށް ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ 68 އަހަރުގެ ފިރިހެނެކެވެ. އަދި އެ މައްސަލަ ފުލުހުންނަށް ހުށަހެޅިފައި ވަނީ މިދިޔަ އާދީއްތަ ދުވަހު ކަމަށް ވެސް ފުލުހުން ބުންޏެވެ.
މިދިޔަ މަހުގެ ހަތަރުވަނަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި ހައްޔަރުކުރި އެމީހާގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ކޯޓަށް ހާޒިރުކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިޔުމަށް 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.