07 Jan 2015, 10:46
މާދަމާ ރޭ ބާއްވާ ޝޯގައި އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި ޕްރިޔަންކާ ޗޯޕްރާއާ އަދި މަޝްހޫރު ޕޮޕް ލަވަ ކިޔުންތެރިޔާ އޭކަން ބައިވެރިވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އަދީބު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ޕްރިޔަންކާއާ އޭކަން މާދަމާ ރޭ ބާއްވާ ޝޯގައި ބައިވެރިވާނެކަން ޔަގީންވެއްޖެ ކަމަށާއި މާދަމާ ރޭގެ ޝޯ ކުރިއަށް ދާނެ ކަމަށެވެ. އެހެންނަމަވެސް މި ދެތަރިން މިހާރު ރާއްޖެ އައިސްފައިވާކަމެއް އަދި ކަށަވަރެއް ނުވެ އެވެ.
So it is Confirmed! Priyanka Chopra & Akon will be Joining us in the Show Tommorow night in Maldives,See u All,#ShowWillGoOn#TeamZuvaanun
— Ahmed Adeeb (@Ahmed_Adeeb)January 7, 2015
ޝޯ އިންތިޒާމް ކުރާ ޗޮޕްއާޓުން މީގެ ކުރިން ބުނެފައި ވަނީ ބޭރުގެ ތަރިއެއް ގެންނަ ނަމަ ފުރަތަމަ އިއުލާނު ކުރާނީ ފޭސްބުކްގައި ކަމަށާއި ތަރިޔަކު ގެންނަ ނަމަ އިޝްތިހާރުކޮށް ޓްރައިލާ ވެސް ހަދާނެ ކަމަށެވެ.
މާދަމާ ރޭގެ ޝޯ އަށް ޕްރިޔަންކާއާ އޭކަން ބައިވެރިވާނެކަން ޔަގީންވެފައިވާ އިރު އާ އަހަރު ފާހަގަކުރުމުގެ ގޮތުން ވަނީ އިންޑިއާގެ މަޝްހޫރު ލަވަކިއުންތެރިން ކަަމަށްވާ ސާލިމް މާޗަންޓާއި ސުލައިމަން މާޗަންޓު ވަނީ ރާއްޖޭގައި ޝޯ ހުށަހަޅާދީފައި އެވެ.
ގަލޮޅު ދަނޑުގައި ބޭއްވި އެ ޝޯއަށް އެ ދެ ލަވަކިޔުންތެރިން ރާއްޖެ އައިސްފައި ވަނީ ޝޯއަށް ކުރިން ގެންނަން މަސައްކަތްކުރި ޖެމެއިކާގެ މަޝްހޫރު ޕޮޕް ލަވަކިޔުންތެރިޔާ ޝޯން ޕޯލް ރާއްޖެ ނައުމަށް ނިންމުމުންނެވެ.