06 Jan 2015, 14:48
ސޫރިޔާގައި ހަނގުރާމަ ކުރާ ޖަމާއަތްތަކާ ގުޅުމަށް ރާއްޖޭގެ ހަތަރު މީހަކު އެގައުމަށް ހިނގައްޖެ އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި ތުރުކީ މަގުން ސޫރިޔާ އަށް ދިޔަ ހަތަރު މީހުންނަކީ ވެސް މާލޭ މީހުންނެވެ. އެނގިފައިވާ ގޮތުގައި އޭގެ ތެރެއިން އެކަކު ދިޔައީ އޭނާގެ އަންހެނުންނާއި އުމުރުން އަދި އެއް އަހަރު ވެސް ނުވާ ދަރިފުޅު ގޮވައިގެންނެވެ.
ތުރުކީ ބޯޑަރު ހުރަސްކޮށް އެމީހުން ސޫރިޔާ އަށް އެތެރެވި ނަމަވެސް ހަނގުރާމަ ކުރާ އެއްވެސް ޖަމާއަތަކާ އެމީހުން ގުޅުނު ކަމެއް އަދި ނޭނގެ އެވެ.
ސޫރިޔާ ހަނގުރާމައިގައި ބައިވެރިވާން ކުރިން ދިޔަ ބައެއް ދިވެހިން ގުޅިފައި ވަނީ ޖަބުހަތުއް ނުސްރާ (އަލްގައިދާ އިން ދަ ލޭވެންޓް) ގްރޫޕާ އެވެ. އެ ގްރޫޕާއި ގުޅިގެން ހަނގުރާމަ ކުރަމުން ދިޔަ ބައެއް މީހުން މަރުވިކަން އެ ގްރޫޕުގައި އުޅޭ ދިވެހިން ކުރިން ވަނީ ހާމަކޮށްފަ އެވެ. އެމީހުން އެކަން ހާމަ ކުރީ އެމީހުން ސޯޝަލް މީޑިއާ ޓުވިޓާ އާއި ފޭސްބުކްގައި "ބިލާދުއް ޝާމް މީޑިއާ"ގެ ނަމުގައި ހިންގާ އެކައުންޓްތައް މެދުވެރިކޮށްގެންނެވެ.