ރައީސުލް ޖުމްހޫރިއްޔާ، އިންޑިއާގައި ހުންނަވާ ދިވެހި ރާއްޖޭގެ ސަފީރު ކަމުގެ މަގާމަށް ގ. އުފާ އަޙްމަދު މުހައްމަދު، އަދި އެކުވެރި އަރަބި އިމާރާތަށް ދިވެހި ރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރު ކަމަށް، މ. ކްރެސްޓްވުޑް އަބްދުﷲ ހަމީދު މިއަދު އައްޔަނު ކުރައްވައިފި އެވެ.

މި ދެބޭފުޅުންނަށް މަގާމުގެ ފަތްކޮޅު، ރައީސް ދެއްވީ، މިކަމަށްޓަކައި މިއަދު މެންދުރު ކުރީގައި ރައީސްގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތުގައެވެ.

އިންޑިއާގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމަށް އަހުމަދު މުހައްމަދު، އަދި އެކުވެރި އަރަބި އިމާރާތަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް، އަބްދުﷲ ހަމީދު، އައްޔަނު ކުރެއްވީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ދ) އިން ރައީސުލްޖުމްހޫރިއްޔާއަށް ޢިނާޔަތްކޮށްދޭ ބާރުގެ ދަށުންނެވެ.