06 Jan 2015, 14:31
ދ. އަތޮޅު ކައުންސިލަރަކު މަގާމުން އިސްތިއުފާދެއްވައިފި އެވެ.
'ސަން'އަށް މައުލޫމާތު ދެއްވަމުން ދ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް ހުސައިން ޝާކިރު ވިދާޅުވީ، މީދޫ ދާއިރާގެ ކައުންސިލަރު އަބްދުލް ގާދިރު މުހައްމަދު އިސްތިއުފާދެއްވާފައި ވަނީ މިއަދު ކަމަށެވެ.
އޭނާ ވިދާޅުވީ، ގާދިރު އިސްތިއުފާ ދެއްވީ އަމިއްލަ ދިރިއުޅުއްވުމުގެ ކަންތައްތައް ހުރި ގޮތުން ކައުންސިލުގެ މަސައްކަތަށް އެކަށީގެންވާ ގޮތެއްގައި ވަގުތު ދެއްވަން މި ވަގުތު ދަތިފުޅުވާ ވާތީ ކަމަށް އިސްތިއުފާގެ ސިޓީގައި ވިދާޅުވެފައިވާ ކަމަށެވެ. އަދި އޭނާ އިސްތިއުފާދެއްވިކަން ލޯކަލް ގަވަރމެންޓް އޮތޯރިޓީއަށް އަންގާފައިވާ ކަމަށް ވެސް އަތޮޅު ކައުންސިލްގެ ނައިބު ރައީސް ވިދާޅުވި އެވެ.
އަބްދުލް ގާދިރު އަކީ އެމްޑީއޭގެ ޓިކެޓުގައި އެ ދާއިރާއަށް އިންތިޚާބުވެވަޑައިގެންފައިވާ ބޭފުޅެކެވެ.