06 Jan 2015, 13:37
ޕީޕީއެމްގެ ޒުވާނުންގެ ގޮފީގެ ރައީސް އިބްރާހިމް ޔޫސުފަށް ޓޫރިޒަމް މިނިސްޓްރީގެ ކޯޑިނޭޓަރުކަން ދެއްވައިފި އެވެ.
އެމަގާމަށް އައްޔަންކުރެއްވި ޕީޕީއެމްގެ ޒުވާނުންގެ ގޮފީގެ ރައީސް އިބްރާހިމް ޔޫސުފް މިއަދު 'ސަން' އަށް ވިދާޅުވީ ޓޫރިޒަމް މިނިސްޓްރީގެ ކޯޑިނޭޓަރުކަން ރައީސް ޔާމިން އިއްޔެ ހަވާލުކުރައްވާފައިވާ ކަމަށާއި ވަޒީފާއަށް ނިކުތުމަށް ހަމަޖެހިފައި ވަނީ ފެބްރުއަރީ މަހު އެއް ވަނަ ދުވަހު ކަމަށެވެ.
އަދި އަދާކުރަން ޖެހޭ ޒިންމާތަކާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައި ނުވާ ކަމަށާއި އެހެންނަމަވެސް ދެ ދުވަހެއްގެ ތެރޭގައި މައުލުމާތު ސާފުވެގެން ދާނެ ކަމަށް އިބްރާހިމް ވިދާޅުވި އެވެ.
އިބްރާހިމް ޔޫސުފަކީ ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމްގެ ދާއިރާ އިން ޑިޕްލޮމާ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އަދި ކޮންރެޑް މޯލްޑިވްސް ރިސޯޓުގައި ހަތް އަހަރު ދުވަހު މަސައްކަތް ކުރައްވާފައި އެވެ.