06 Jan 2015, 11:48
ފުލުހުންގެ ދައިރު އަދާކުރުމަށް ހުރަސްއެޅި މީހަކު 3000 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.
ތ. ތިމަރަފުށީ ގޯލްޑަން ހައުސް އަހްސަން ހަސަންމަނިކު ޖޫރިމަނާ ކޮށްފައި ވަނީ 2013 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ނުވަ ވަނަ ދުވަހު ސިނަމާލެ ތެރޭގައި ހުރި މީހަކު ބަލައި ފާސްކުރަންވެގެން އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން އުޅެނިކޮށް އެކަމަށް ހުރަސް އަޅާފައިވާތީ އެވެ.
ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމްގައި ވަނީ އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން އުޅެނިކޮށް އަހުސަން އެމީހާއާއި ފުލުހުންނާ ދެމެދަށްވަދެ، އޭނާ ބަލައި ފާސްނުކުރެވޭނެ ކަމަށާއި އަދި އޭނާ ނުގެންދެވޭނެ ކަމަށް ބުނެ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅާފައިވާކަން ހެކީންގެ ހެކިބަހުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.
އަހުސަން ދައްކަންޖެހޭ ޖޫރިމަނާގެ ފައިސާ އެއް މަސް ދުވަހުގެ ތެރޭގައި ކްރިމިނަލް ކޯޓަށް ދައްކައި ޚަލާސްކުރުމަށް ވެސް އެ ހުކުމްގައި އޭނާ އަށް ވަނީ އަންގާފަ އެވެ.