06 Jan 2015, 10:24
ބިޔަރު ދަޅުތަކަކާ އެކު ހުޅުމާލެއިން ދެ މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ، ރޭ 20:30 ހާއިރު ސުނާމީ ޖެޓީ ސަރަހައްދުގައި އުޅުނު ދެ މީހެއްގެ އަމަލުތައް ހުރި ގޮތުން ތުޙުމަތު ކުރެވިގެން އެ ދެމީހުން ބަލައި ފާސްކުރިއިރު، އެމީހުން ގެންގުޅުނު ކަޅުކުލައިގެ ޑަސްބިން ކޮތަޅެއްގެ ތެރެއިން 12 ދަޅު ބިޔަރު ފެނިފައިވާ ކަމަށެވެ.
އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 21 އަހަރާއި 22 އަހަރުގެ ދެ ދިވެހި ފިރިހެނުން ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ، އެ މައްސަަލަ ހުޅުމާލެ ޕޮލިސް ސްޓޭޝަނާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް ގުޅިގެން ތަހުގީގު ކުރަމުންދާ ކަމަށެވެ.