05 Jan 2015, 22:21
ރައްޔިތުންގެ މަޖިލީހުގެ ތިން ވަނަ ދައުރުގެ ޖަލްސާތައް ނިންމާ މުޅި މަޖިލިސް އެއްކޮށް ޗުއްޓީ އަށް ދިއުމުގެ ކުރިން ފާސްކުރި ހަތަރު ބިލެއް މިއަދު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ތަސްދީގު ކުރައްވައިފި އެވެ.
ރައީސް ޔާމީން މިއަދު ތަސްދީގު ކުރައްވާފައި ވަނީ ބޭންކިން ގާނޫނަށް ގެނައި އިސްލާހާއި ބިމާއި ބެހޭ ގާނޫނަށް ގެނައި އިސްލާާހާއި އެކްސްޓްރަޑިޝަންގެ ގާނޫނަށް ގެނައި އިސްލާހުގެ އިތުރުން ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ގާނޫނަށް ގެނައި އިސްލާހުގެ ބިލެވެ.
ރައީސް ޔާމީން މިއަދު ތަސްދީގުކުރައްވާފައި ހަތަރު ބިލަކީ ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާ ފާސްކުރެއްވި ހަތަރު ބިލެކެވެ. މިއަދު ތަޞްދީޤު ކުރެއްވި ހަތަރު ބިލު، ދިވެހި ސަރުކާރުގެ ގެޒެޓުގައި މިއަދު ވަނީ ޝާއިޢު ކުރައްވާފައި އެވެ.