އިންގްލެންޑް ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން ޑޭވިޑް ބެކަމަށް ގައުމީ ޓީމުގެ ހަތް ނަމްބަރު ޖާޒީ މިއަދު ދީފި އެވެ.

ބެކަމްގެ ނަން ޖަހާފައިވާ ގައުމީ ޓީމުގެ ހަތް ނަމްބަރު ޖާޒީ ބެކަމްއަށް ދިނީ ގައުމީ ޓީމުގެ މެޖޭނަރު އަދި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފެވެ. އާ އަހަރު ފާހަގަކުރުމަށް އާއިލާ ގޮވައިގެން ރާއްޖެ އައި ބެކަމަށް ގައުމީ ޓީމުގެ ޖާޒީ ހަވާލު ކުރި ފޮޓޯ މަހުލޫފު މިއަދު ހަވީރު ވަނީ ޓުވީޓު ކުރައްވާފަ އެވެ.

ގައުމީ ޓީމުގެ ހަތް ނަމްބަރު ޖާޒީ އަކީ ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގު ޖާޒީ ނަމްބަރެވެ.