05 Jan 2015, 17:12
ނިމިދިޔަ 2014 ވަނަ އަހަރު ރާއްޖެއަށް 1.4 މިލިއަން ޓޫރިސްޓުން އައިސްފައިނުވާ ކަމަށާއި މިއަހަރުގެ އަމާޒަކީ ރާއްޖެއަށް 1.4 މިލިއަން ޓޫރިސްޓުން ގެނައުން ކަަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.
ނިމިދިޔަ 2014 ވަނަ އަހަރުގެ އަމާޒަކަށް 1.2 މިލިއަން ޓޫރިސްޓުން ގެންނައުމަށް ހިފިނަމަވެސް އަހަރު ނިމިގެންދިޔައިރު 1.4 މިލިއަން ޓޫރިސްޓުން ރާއްޖެ ގެނެވިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބޭއްވި ބޮޑު ޝޯއެއްގައި އިއުލާން ކުރިއެވެ. ނަމަވެސް މިއަދު ބުނެފައިވަނީ އެމިންވަރަށް އަމަޒު ވެފައިނުވާ ކަމަށެވެ.
ނިމިފިޔަ އަހަރު ޓޫރިސްޓުން އައިމިންވަރު ވަނީ 2013 އަށްވުރެ 7.1 ޕަސެންޓުގެ ކުރިއެރާފައެވެ. ނިމިދިޔަ އަހަރު ރާއްޖެ އަށް ޓޫރިސްޓުން އައިސްފައިވާ މިންވަރަކީ 1.2 މިލިއަނެވެ.
ރާއްޖެއަށް މިދިޔަ އަހަރު 1.4 މިލިއަނަށް ވުރެ ގިނަ ޓޫރިސްޓުން އައިސްފައިވާ އިރު އޭގެ ބޮޑު ބައެއް ހިއްސާ ކޮށްފައި ވަނީ އޭޝިއާ އާއި ޔޫރަޕުގެ ގައުމުތަކުންނެވެ. އެންމެ ގިނައިން ޓޫރިސްޓުން އައި ގައުމެއް ކަމަށް ނޮވެމްބަރު މަހުގެ ތަފާސް ހިސާބުތަކުން ދައްކަނީ ޗައިނާ އެވެ.
ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެފައި ވަނީ ސަރުކާރުގެ ވިސްނުން ހުރީ އިގްތިސާދު ފުޅާކޮށް ކުރިއަރުވަން ކަމަށާއި ކުރިއަށް އޮތް އަހަރުތަކަށް އިގްތިސާދު ލަފާކުރެވޭ ގޮތުގައި ރާއްޖެ އަންނަ ޓޫރިސްޓުންގެ މިންވަރު ކޮންމެ އަހަރަކު ވެސް 1.2 މިލިއަންނަށް ވުރެ އިތުރުކުރެވޭނެ ކަމަށެވެ.
އެއް މިލިއަން ޓޫރިސްޓުން ރާއްޖެ ގެނައުމުގެ އަމާޒަކީ 2012 ވަނަ އަހަރު ވެސް ޓޫރިޒަމް މިނިސްޓްރީން ގެންގުޅުނު އަދި ބުރަ މަސައްކަތްތަކެއް ނެރުނު އަމާޒެކެވެ. 2012 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދަކީ 958,027 އެވެ. އެއީ ޓޫރިޒަމް މިނިސްޓްރީން ކަނޑައެޅި އެއް މިލިއަންގެ ޓާގެޓަށް ވުރެ 41973 ޓޫރިސްޓުން މަދު އަދަދެކެވެ.