05 Jan 2015, 14:48
އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އޭކަން ބައިވެރިކޮށްގެން މާލޭގައި ބާއްވާ މިއުޒިކް ޝޯއަށް އިންޑިއާގެ ފިލްމީތަރި ޕްރިޔަންކާ ޗޯޕްރާ ގެންނަން އަދި ހަމަ ޖެހިފައި ނުވާ ކަމަށާއި، ޗޮޕް އާޓާ ހަވާލާދީ ބައެއް މީޑިއާ ތަކުން ފަތުރާފައި ވަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަަށް ޗޮޕް އާޓުން ބުނެފި އެވެ.
ޓޫރިސްޓް އެރައިވަލް ކައުންޑައުންގެ އެކޮން ބައިވެރިވާ ޝޯގައި ޕްރިޔަންކާ ބައިވެރިވާން މާލެ އަންނަ ކަމަށް މިއަދު ބައެއް މީޑިއާ ތަކުގައި ވަނީ ހާމަކޮށްފަ އެވެ.
ޗޮޕްއާޓުން މިއަދު 'ސަން' އަށް ބުނީ ބޭރުގެ ތަރިއެއް ގެންނަ ނަމަ ފުރަތަމަ އިއުލާނު ކުރާނީ ފޭސްބުކް ގައި ކަމަށާއި، ތަރިޔަކު ގެންނަ ނަމަ އިޝްތިހާރުކޮށް ޓްރައިލާ ވެސް ހަދާނެ ކަމަށެވެ.
" މީޑިއާތަކުގައި އަޅުގަނޑުމެންނާ ހަވާލާދީ ބުނެފައި އެވަނީ ހަމަ 'ރޫމާސް' އަދި އެކޮން ނޫން ބޭރުގެ ތަރިއެއް ގެންނާކަށް މަސައްކަތެއް ނުކުރަން،" ޗޮޕްއާޓުން ބުންޏެވެ.
ޗޮޕްއާޓުން މިހެން ބުނެފަައި ވާއިރު ބުރާސްފަތިދުވަހުގެ ރޭ ގަލޮޅު ދަނޑުގައި ބާއްވާ ޝޯއަށް ޕްރިޔަންކާ ރާއްޖެ އަންނާނެ ކަމަށް ޝޯގެ މީޑިއާ ޕާޓްނަރު ދި ޓީވީން ރޭ ވަނީ ބުނެފައެވެ.
ޓޫރިސްޓް އެރައިވަލް ކައުންޑައުންގެ ފުރަތަމަ ޝޯ މިދިޔަ ހަފްތާގައި ވަނީ ބާއްވާފައެވެ.