މޯލްޑިވްސް ޕޮލިސް ސާވިސްގެ ޕޮލިސް އެކެޑެމީ އާ ގުޅިގެން ސައިރިކްސް ކޮލެޖުގެ މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމްބީއޭ) ޕްރޮގްރާމްގެ ބައިވެރިން "ކިޔެވުމުގެ ތެރެއިން ތަޖުރިބާ" ހޯދުމުގެ ޕްރޮގްރާމެއް ބާއްވައިފި އެވެ.

ހޮނިހިރު ދުވަހުގެ ހެނދުނު 9:00 އިން އިރު އޮއްސި 6 އަށް ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމް ބާއްވާފައި ވަނީ ފޭދޫ ފިނޮޅުގަ އެވެ. ސައިރިކްސް ކޮލެޖުގެ 26 ދަރިވަރެއް އެ ޕްރޮގްރާމްގައި "ޕޮލިސީ މޭކަރުން"ގެ ގޮތުގައި އަމަލީ މައިދާނުގައި މަސައްކަތް ކޮށްފައިވެ އެވެ.

ކަންތައްތައް ހިންގުމުގެ ދާއިރާ އިން ދިމާވާ އެކިއެކި މައްސަލަތަކުގައި އަޅާނެ ފިޔަވަޅުތަކާއި އެ ފިޔަވަޅުތަކުގެ ސަބަބުން ނިކުމެދާނެ ނަތީޖާތައް އެ ޕްރޮގްރާމްގައި އަންގައިދީ ކިޔައިދީފައިވެ އެވެ. އަދި އޭގެ އިތުރުން އެފަދަ ހާލަތްތަކުގައި ވެރިންގެ ގޮތުގައި ތިބެ ފިޔަވަޅު އަޅާއިރު ވެރިން ވިސްނާ ގޮތާއި އެފަދަ ހާލަތަކަށް ހައްލު ހޯދުމުގެ ގާބިލުކަން ލިބިފައި ވަނީ ކިހާ މިންވަރަކަށްތޯ ބެލުމުގެ ހަރަކާތެއް ވެސް "ކިޔެވުމުގެ ތެރެއިން ތަޖުރިބާ" ޕްރޮގްރާމްގައި ހިންގާފައިވެ އެވެ.

އެ ޕްރޮގްރާމްގައި "އޯގަނައިޒޭޝަނަލް ބިހޭވިއާ"ގެ ކްލާސްތައް ކުރިއަށް ގެންގޮސްފައިވާ އިރު އެ ކްލާސްތައް ނަގައިދެއްވާފައި ވަނީ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާ އިން ޑޮކްޓްރޭޓްކަން ހާސިލް ކުރައްވާފައިވާ ސަނީ އުމަރެވެ.