05 Jan 2015, 13:39
ސާދަސަތޭކަ ބައްތިރީސް ވަނަ އަހަރުގެ ރަމަޟާން މަހުގެ ދުވާލު ސިނގިރެޓެއް ބުއި މީހަކު 150 ރުފިޔާ އިން ޖޫރިމަނާ ކޮށްފި އެވެ.
ކްރިމިނަލް ކޯޓުން މިއަދު ޖޫރިމަނާކޮށްފައި ވަނީ ގއ. މާމެންދޫ ބިލަތްމާގޭ އަބްދުﷲ ފަޒީލް އެވެ. އޭނާ ޖޫރިމަނާކޮށްފައި ވަނީ 2011 ވަނަ އަހަރުގެ އޯގަސްޓު މަހުގެ 18 ވަނަ ދުވަހުގެ މެންދުރު ފަހު 2:30ގައި ސިނގިރެޓެއް ބޮއިފައިވާތީ އެވެ.
ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމްގައި ވަނީ ވެސްޓްޕާކް ރެސްޓޯރަންޓުގައި ހުންނަ ސްރީލަންކަން ފްޑުތެރޭގައި ހުރި ފާރު ބުރި މަތީގައި އިނދެ ސިނގިރެޓުބޮއެ، މަގުބޫލު އުޒުރެއް ނެތި ރަމަޟާން މަހުގެ ރޯދަ އޭނާ ދޫކޮށްލާފައިވާކަން ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހުން ސާބިތުވާ ކަމަށެވެ.
އޭނާ ދައްކަންޖެހޭ ޖޫރިމަނާގެ ފައިސާ ހަތް ދުވަހުގެ ތެރޭގައި ކްރިމިނަލް ކޯޓަށް ދައްކައި ޚަލާސްކުރުމަށް ވެސް އެ ހުކުމްގައި ފަޒީލަށް ވަނީ އަންގާފައެވެ.