05 Jan 2015, 12:11
މަސްތުވާ ތަކެތިކަމަށް ޝައްކު ކުރެވޭ ހަ ރަބަރު ޕެކެޓާއެކު ކ.ކާށިދޫއިން މީހަކު ހައްޔަރުކޮށްފި އެވެ.
އެމީހާ ހައްޔަރުކޮށްފައި ވަނީ ކާށިދޫ ޕޮލިސް ސްޓޭޝަނަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ ހޮނިހިރު ދުވަހު އެރަށު ހިއްކި ސަރަހައްދުން ކަމަށް ފުލުހުން ބުންޏެވެ.
މަސްތުވާތަކެތި ފެނިފައި ވަނީ އެމީހާ އަތުގައި އޮތް މެންޓޯސް މެޓާ ހުސްކުރި ޕެކެޓެއްގެ ތެރޭން ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހާއަކީ މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ މީހެއްކަމަށާއި، އެ މައްސަލަ ކ. ކާށިދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުން ދާ ކަމަށް ފުލުހުން ބުންޏެވެ.