ހެލްތް މިނިސްޓްރީ ވަގުތީ ގޮތުން ހިންގެވުން އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމު އަލީ ސައީދު އާ މިއަދު ހަވާލު ކުރައްވައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ހެެލްތް މިނިސްޓްރީ ހިންގެވުން ވަގުތީ ގޮތުން އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އާ ރައީސް އަބްދުﷲ ޔާމީން ހަވާލުކުރެއްވީ އެ ހެލްތު މިނިސްޓްރީ ވަގުތީގޮތުން ހިންގަވަމުން ގެންދެވި ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އަމިއްލަ ދަތުރުފުޅެއްގައި ރާއްޖޭން ބޭރަށް ފުރާ ވަޑާއިގަންނަވާތީ ކަމަށެވެ.


ޑިފެންސް މިނިސްޓްރީ ވަގުތީ ގޮތުން ހިންގުން ޓުއަރިޒަމް މިނސްޓަރު އަހުމަދު އަދީބާ، ރައީސް ޔާމިން މިއަދު ވަނީ ހަވާލު ކުރައްވާފައެވެ.