ްއެހީތެރިން ބޭނުންކޮށްގެން ބަލި މީހުންނަށް ވޯޓުލައިދޭ މައްސަލަ ނައިފަރުގައި ހޫނުވެ ބައިގަޑިއެއްހާ އިރަށް ވޯޓުލުން މެދުކަނޑާލުމަށް ފަހު ވޯޓުލުން އަލުން ފަށައިފި އެވެ. '
ނައިފަރުން ވާހަކަ ދެއްކި މީހަކު ދެންމެ ބުނީ ވޯޓުލުމުގައި ބަލިމީހުނަށް މިހާރު އެހީތެރިކަން ދެނީ އިލެކްޝަސްގެ އޮފިޝަލުން ޗެކުކުރުމަށް ފަހު ކަމަށެވެ.
ނައިފަރުގައި ވޯޓުލުން މެދުކަނޑާލީ ވޯޓުލުމުގައި ބަލި މީހުންނަށް އެހީތެރިވެދޭ ކަމުގެ ތުހުމަތުގަ އެވެ. ވޯޓުލުން ހުއްޓުވާލީ އެ ރަށު އެމްޑީޕީ އެެކްޓިވިސްޓުންނެވެ.