03 Jan 2015, 20:32
ކީރިތި ރަޞޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަށް ފުރައްސާރަކޮށް ފިލްމެއް ހެދުމަށް ފަހު އިސްލާމްވި ނެދަލެންޑެސްގެ ފިލްމު ޕްރޮޑިއުސަރު އާރުނޫޑް ވަން ޑޫރުން ރާއްޖެ އައުމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ދައުވަތު ދެއްވައިފި އެވެ.
މިނިސްޓަރު ޝަހީމު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ރާއްޖެއިން ދެއްވި ދައުވަތު ގަބޫލުކޮށް އާރުނޫޑް ރާއްޖެ އައުމަށް ނިންމާފައި ވާތީ އޭނާއަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި ރާއްޖެއިން އުފަލާއެކު އޭނާއަށް މަރުހަބާ ކިޔާނެ ކަމަށާއި އާރުނޫޑް ރާއްޖެ ވަޑައިގެން އޭނާ އިސްލާވި ގޮތުގެ މައްޗަށް ތަގުރީރު ކުރައްވާނެ ކަމަށް ވެސް ޝަހީމް ވިދާޅުވެފައިވެ އެވެ.
އާރުނޫޑް ވަން ޑޫރުން އަކީ 2008 ވަނަ އަހަރު ނެދަލޭންޑްސް ގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެއް އިތުރުން، ލާރި ދީގެން ހެދި "ފިތުނަ" ނަމަކަށް ކިޔުނު ފިލްމުގެ އެއް ޕްރޮޑިއުސަރެވެ.
Thank you very much my dear brother.@ArnoudvDoornfor accepting my invitation to visit maldives. We will be more than happy to recv you here
— د.محمد شهيم علي سعيد (@Mohamedshaheem1)January 3, 2015
@Mohamedshaheem1Thank you Excellency for the invitation, it is an honor to visit the Maledives.
— Arnoud van Doorn (@ArnoudvDoorn)January 3, 2015
ރަސޫލާއަށް ފުރައްސާރަކޮށް، އިސްލާމް ދިނަކީ ޓެރަރިޒަމާ ރުޅިވެރިކަން ކުރިއަރުވާ ދީނެއް ކަމަށް ދައްކުވައިދޭން ހެދި އެ ފިލްމު ގެ ސަބަބުން އެތައް މުސްލިމު ގައުމެއްގައި މުޒާހަރާކޮށް ނުރުހުން ފާޅުކުރި އެވެ.
ނަމަވެސް، 2013 ވަނަ އަހަރު އިސްލާމްވެ ފަހުން ހައްޖުގެ އަޅުކަން އަދާކޮށްފައިވާ އާރުނޫޑް ބުނީ "ފިތުނަ" ފިލްމު ހެދުމުގައި ބައިވެރި ވެވުނީތީ ހިތާމަ ކުރާ ކަމަށެވެ. އަދި ހައްޖުގެ އަޅުކަން އަދާކުރުމަށްފަހު އޭނާ ވަނީ ކުރެވުނު ކަންތައްތަކަށް ދެރަވެ، ތައުބާވެފަ އެވެ. އާރުނޫޑް އިސްލާމްވި ފަހުން އޭނާގެ އެންމެ ދޮށީ ދަރި ވަނީ މިދިޔަ އަހަރު އިސްލާމްދީން ގަބޫލުކޮށްފަ އެވެ.