05 Feb 2011, 09:56
19:02 މާލެ ސިޓީ- ހެންވޭރު ދެކުނު ދާއިރާގެ ދެވަނަ ފޮށި:
އެމްޑީޕީ މުހައްމަދު އަބުދުލް ކަރީމް (ރުކުމާ): 231 ވޯޓު
ޑީއާރުޕީގެ ކެންޑިޑޭޓް އުމަރު ޒާހިރު: 222 ވޯޓު
އަމިއްލަ ކެންޑިޑޭޓް އަބުދުﷲ ޒިނާހު: 4 ވޯޓު
މާލެ ސިޓީ- ހެންވޭރު ދެކުނު ދާއިރާގެ ފުރަތަމަ ފޮށި:
އެމްޑީޕީ މުހައްމަދު އަބުދުލް ކަރީމް (ރުކުމާ): 253 ވޯޓު
ޑީއާރުޕީ ކެންޑިޑޭޓް އުމަރު ޒާހިރު: 163 ވޯޓު
އަމިއްލަ ކެންޑިޑޭޓް އަބުދުﷲ ޒިނާހު: 5 ވޯޓު
މާލެ ސިޓީ- މައްޗަންގޯޅި ދެކުނު ދާއިރާގެ ފުރަތަމަ ފޮށި:
އެމްޑީޕީގެ ކެންޑިޑޭޓް ސަރަނގު އާދަމް މަނިކު: 241 ވޯޓު
ޑީއާރްޕީގެ ކެންޑިޑޭޓް އައްސަދު ޝަރީފް: 228
އަމިއްލަ ކެންޑިޑޭޓް އައިޝަތު ޝެރިން: 18 ވޯޓު
ގައުމީ އިއްތިހާދު ކެންޑިޑޭޓް އާދަމް ޔޫސުފް: 15 ވޯޓު
18:50 މާލެ ސިޓީ- މެދުހެންވޭރު ދާއިރާގެ ފުރަތަމަ ފޮށި:
އެމްޑީޕީ ކެންޑިޑޭޓް ލުފްޝާން ޝަކީބު: 233 ވޯޓު
ޑީއާރްޕީގެ ކެންޑިޑޭޓް މުހައްމަދު ސަލީމް: 129 ވޯޓު
އަމިއްލަ ކެންޑިޑޭޓް އިބްރާހިމް ނާޒިމް: 98
ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް އަހްމަދު ޝަރީފް: 18
ޖުމްލަ ވޯޓު: 478
މާލެ ސިޓީ- ހުޅުހެންވޭރު ދާއިރާގެ ދެވަނަ ފޮށި:
އެމްޑީޕީގެ ކެންޑިޑޭޓް މައިޒާން އަލިމަނިކު: 263 ވޯޓް
ޑީއާރްޕީ ކެންޑިޑޭޓް އަހުމަދު ނިޒާމު: 115 ވޯޓް
ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް އަހުމަދު ރަޝީދު: 18 ވޯޓު
ގައުމީ އިއްތިހާދު ކެންޑިޑޭޓް އަހުމަދު ތައުފީގު: 28 ވޯޓު
ޖުމްލަ ވޯޓު: 424
މާލޭ ސިޓީ - ހުޅުހެންވޭރު ދާއިރާގެ ފުރަތަމަ ފޮށި:
އެމްޑީޕީގެ ކެންޑިޑޭޓް މައިޒާން އަލިމަނިކު: 107 ވޯޓް
ޑީއާރްޕީ ކެންޑިޑޭޓް އަހުމަދު ނިޒާމު: 98 ވޯޓް
ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް އަހުމަދު ރަޝީދު: 8 ވޯޓު
ގައުމީ އިއްތިހާދު ކެންޑިޑޭޓް އަހުމަދު ތައުފީގު: 5 ވޯޓު
މާލެ ސިޓީ- ގަލޮޅު ދެކުނު ދާއިރާގެ ފުރަތަމަ ފޮށި ފޮށި:
އެމްޑީޕީގެ ކެންޑިޑޭޓް ޢަބްދުﷲ ޝަފީއު: 36 ވޯޓު
އަމިއްލަ ކެންޑިޑޭޓް އިބްރާހީމް ނިޒާމް: 3 ވޯޓު
އަމިއްލަ ކެންޑިޑޭޓް އިބްރާހީމް ސަލީމް: 15 ވޯޓު
ގައުމީ އިއްތިހާދު ކެންޑިޑޭޓް ފާތުމަތު ޝާޒްލީ: 2 ވޯޓް
ޑީއާރްޕީގެ ކެންޑިޑޭޓް އިބްރާހީމް ސުޖާއު: 43 ވޯޓު
ޖުމްލަ ވޯޓު: 99
ސ. ހުޅުމީދޫ ދާއިރާ )މާލެ ފޮށި(:
އެމްޑީޕީގެ ކެންޑިޑޭޓް ހަސަން ޝާހިދު: 100
ޑީއާރްޕީގެ ކެންޑިޑޭޓް ޞިމާދު ޝަފީގު: 30
އަމިއްލަ ކެންޑިޑޭޓް ޢަބްދުﷲ އަޒްހީން: 3
ޖުމްލަ ވޯޓު: 133
ބާތިލު ވޯޓު: 2
ސ. ހިތަދޫ ދެކުނު ދާއިރާ )މާލެ ފޮށި(:
އެމްޑީޕީގެ ކެންޑިޑޭޓް ހުސެއިން ފަހުމީ: 79 ވޯޓު
ޑީއާރްޕީގެ ކެންޑިޑޭޓް ޙުސައިން ޞާލިޙް: 52 ވޯޓު
އަދާލަތު ޕާޓީގެ ކެންޑިޑޭޓް އަންވަރު ހަސަން: 10 ވޯޓު
އަމިއްލަ ކެންޑިޑޭޓް އިބްރާހިމް ރަޝީދު ވަޖުދީ: 3 ވޯޓު
ޖުމްލަ ވޯޓު: 144
ހިތަދޫ އުުތުރު ދާއިރާ )މާލެ ފޮށި(':
އެމްޑީޕީގެ ކެންޑިޑޭޓް ޢަބްދުﷲ ޞާދިޤު (ސޯބެ) : 177 ވޯޓު
އަދާލަތު ޕާޓީގެ ކެންޑިޑޭޓް އަލީ އަޙްމަދު: 9 ވޯޓް
ޑީއާރްޕީގެ ކެންޑިޑޭޓް ޢަބްދުﷲ ސަޢީދު: 106 ވޯޓު
ބާތިލު ވޯޓުގެ އަދަދު: 2 ވޯޓު
ޖުމްލަ ވޯޓު: 292
17:01 ބައެއް ދާއިރާތަކުގެ މައްސަލަ ބޮޑުވެ ފޮށިތަކުގެ ކައިރީގައި މީހުން ޖަމާވެ ހަމަނުޖެހުންތައް ހިނގި ނަމަވެސް ވަރަށް ގިނަ ދާއިރާތަކުގެ ވޯޓް ފޮށި ބަންދުކޮށް ގުނަމުން އެބަދެ އެވެ. އަދި ބައެއް ދާއިރާތަކުގައި ވޯޓްލުން ހުއްޓައިލިއިރު ކިޔޫގައި ތިބި ފަރާތްތަކަށް ވޯޓް ލުމުގެ ފުރުސަތުތައް ދަނީ ދެމުންނެވެ.
16:43 މަޖީދިއްޔާގައި ބަހައްޓާފައި ހުރި އައްޑޫ މީހުން ވޯޓުލުމަށް ހާއްސަކޮށްފައިވާ ފޮށި ކައިރީ ހިނގި ހަމަނުޖެހުމުގެ ތެރެއިން..
http://sun.mv/uploads/l_505632.jpg
16:21 ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ވޯޓުލުމުގެ ސުންގަޑި ހަމަވުމުން މިހާރު ކިޔޫގައި ތިބި މީހުން ފިޔަވައި އިތުރު މީހަކަށް ފުރުސަތު ނުދޭ ގޮތަށް ހަމަޖައްސައިފި އެވެ.
16:17 ތާޖުއްދީނު ސްކޫލްގައި ގާއިމްކޮށްފައިވާ ވޯޓް މަރުކަޒުގައިވެސް ހަމަނުޖެހުންތައް ހިނގަމުން އެބަދެ އެވެ. ފުލުުހުން އެމަރުކަޒު ހިމެނޭ ސަރަހައްދުގައި ހަރަކާތްތެރިވާއިރު ވަރަށް ގިނަބަޔަކަށް އަދިވެސް ވޯޓް ނުލެވެ އެވެ. ގަޑި ޖެހުނު އިރު ކިޔޫގަގައި ތިބި މީހުން ފިޔަވައި އިތުރު ފަރާތަކަށް ވޯޓް ނުލެވޭ ގޮތަށް އޮތް އިރު ވޯޓްލުމަށް އަދިވެސް މީހުން އެބަ އާދެ އެވެ.
16:06 ވިލާ ކޮލެޖްގައި ހުރި ގއ. ވިލިނގިލީ ފޮށީގެ ކައިރީގައި މައްސަލަތައް ފެންމަތިވެ ހަމަނުޖެހުންތައް ހިނގަމުން އެބަދެ އެވެ. ވޯޓްލުން ނިންމާ ސުންގަޑި ޖެހުނު ކަމުގައި ވިޔަސް ވޯޓްލާ މަރުކަޒުތަކުގައި ވޯޓްލުނުލެވި އެތައް ބަޔަކު އެބަތިއްބެވެ.
15:46 ވިލާ ކޮލެޖްގައި ހުރި ދާންދޫ ފޮއްޓާއި އެތަނުގައި ހުރި ލ. އަތޮޅު އިސްދޫ ދާއިރާގެ ފޮށީގެ ކައިރީގައި ހިނގާ ހަމަނުޖެހުންތައް ބޮޑުވެ މާރާމާރި ހިންގަމުންދާތީ، ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމަށް ރަޔަޓް ގިޔަރުގައި ތިބި ފުލުހުން އެސަރަހައްދަށް ހިންގައްޖެ އެވެ. އެތަނުގައު ހުރި ސަންގެ ނޫސްވެރިޔާ ބުނީ ރަޔަޓް ގިޔަރުގައި ތިބި ފުލުހުން މިހާރު މުޅި ސަރަހައްދު ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
15:43 ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ވަނިކޮށް ޑޮޮކްޓަރުގެ ހުއްދައާ ނުލައި ވޯޓުލައްވަން ނެރުނު ކަމަށް ބުނާ އަންހެނަކު މަރުވެއްޖެ.
އުމުރުން 35 އަހަރުގެ އެންއަންހެން މީހާ އަށް ފަރުވާ ދިނުމަށް ގެންގޮސްފައިވަނީ އެއަތޮޅު މަނަދޫ ހޮސްޕިޓަލުގައެވެ. އެ އަންހެން މީހާ މަރުވެފައި ވަނީ ކަނޑުމަތީގަ އެވެ. މަނަދޫ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮތް ޒުވާނަކު ޑޮކްޓަރުގެ ހުއްދައާ ނުލައި ވޯޓުލާން ނެރެގެން އުޅެނިކޮށް މަރުވެއްޖެ އެވެ. އޭނާ މަނާދޫން ވޯޓުލާން ގެންދިއީ މިލަދޫ އަށެވެ. މަރުވެފައި ވަނީ ނ. މިލަދޫ އިރުމަތީގޭ ހަފީޒާ އަލީ އެވެ. ސަންއަށް އެނގިފައިވާ ގޮތުގައި އޭނާއަކީ ސިކުނޑީގެ އުނިކަމެއް ހުންނަ ހަތަރުކުދިންގެ މަންމައެކެވެ.
15:33 މަނަދޫ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮތް ޒުވާނަކު ޑޮކްޓަރުގެ ހުއްދައާ ނުލައި ވޯޓުލާން ނެރެގެން އުޅެނިކޮށް މަރުވެއްޖެ އެވެ. އޭނާ މަނާދޫން ވޯޓުލާން ގެންދިއީ މިލަދޫ އަށެވެ.
15:27 މާލޭ ގައި ދާންދޫ ފޮށި ކައިރީގައި މާރާމާމާރީ ހިންގަމުން އެބަދެ އެވެ. މިހާރު އެކަކު ހައްޔަރުކޮށްފި އެވެ. މުޅިތަނުގައި އަދިވެސް ދަނީ ހަމަނުޖެހުމާއި މާރީ ހިންގަމުންނެވެ. މާރާމާރީތައް ގަދަވެ ވޯޓްނުލެވޭ ހިސާބަށް ދިއުމުން ވޯޓްލަން ގޮސް ތިބި ވަރަށް ގިނަ އަދަދެއްގެ އަންހެނުން ވޯޓް ކިޔޫ ދޫކޮށް ގެއަށް ދާން ފަށައިފި އެވެ.
15:12 ދާންދޫ ފޮށީގެ ކައިރީގައި އަނެއްކާވެސް މައްސަލަ ހޫނުވެ އެއްބަޔަކު އަނެއް ބަޔަކަށް އަރައިރުންވެ އިލެކްޝަންސް ކޮމިޝަންގެ ރައީސާއި މެންބަރުންގެ އިސްތިއުފާއަށް ގޮވަމުން އެބަދެ އެވެ. ފުލުހުން ގެންދަނީ އެ ސަރަހައްދުގައި ތިބި މީހުން މައިތިރިކޮށް ހަމައަކަށް އެޅުވޭތޯ މަސައްކަތް ކުރަމުންނެވެ. އެ ވޯޓް ފޮއްޓަށް ވޯޓުލުން މިހާރު ވަނީ ވަރަށް ބޮޑު ދަތި ކަމަކަށް ވެފައެވެ. ވޯޓްލިޔަ ނުދޭނެ ކަމަށް ވެސް ގޮވަމުން އެބަދެ އެވެ.
http://sun.mv/uploads/l_505150.jpg
14:59 ސްޕެޝަލް އެންވޯއީ އިބްރާހިމް ހުސައިން ޒަކީ އާއި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު ހާމިދު އަބްދުލް ޣަފޫރު މަޖީދިއްޔާގައި ހުންނަ އައްޑޫ މީހުން ވޯޓްލާ ފޮށިގެ ކައިރިއަށް ވަޑައިގަތުމުން އެ ސަރަހައްދުގައި ތިބި މީހުން ހަޅޭއްލަވައި އެތަނަށު ދުރަށް ދިއުމަށް ގޮވައިފި އެވެ.
14:44 ވިލާ ކޮލެޖްގައި ހުރި ގއ. ދާންދޫ ވޯޓް ފޮށި ކައިރީގައި ހަމަނުޖެހުން އުފެއްދުމުގައި ހަރަކާތްތެރިވަމުން ދަނީ ކުރިން ވޯޓްލާފައިވާ މީހުން ކަމަށް ބުނެ އެއްވެފައިވާ މީހުންގެ އިނގިލީގެ ނިޝާން ތައް ފުލުހުން ޗެކް ކުރަމުން އެބަދެ އެވެ. ނަމަވެސް އެތެރޭގައި ތިބި މީހުން ބުނަމުން ދަނީ ނުނުކުންނާނެ ކަމަށައި އެ ވޯޓް ފޮށީގެ ކައިރީގައި ކެންޕޭން ކުރުން ހައްދުފަހަނަ އަޅާފައިވާ ކަމަށެވެ.
14:41 މަޖީދިއްޔާ ސްކޫލްގައި އައްޑު އަތޮޅުގެ ރައްޔިތުންނަށް ހާއްސަކޮށްފައިވާ ވޯޓް ފޮށީގެ ކައިރިއަށް ކަމާ ނުބެހޭ މީހުން ވަދެ ކެންޕޭން ކުރަމުންދާތީ ކެމްޕޭން ކުރަމުންދާ މީހުން ބޭރުކޮށް ގޭޓް ބަންދުކޮށްފި އެވެ.
14:34 ދާންދޫ ފޮށީ ކައިރީގައި އަނެއްކާވެސް މައްސަ ހޫނުވެ ވޯޓުލުން ހުއްޓާލައިފި އެވެ.
އެ ސަރަހައްދުގައި ހުރި ސަންގެ ނޫސްވެރިޔާ ބުނީ މައްސަލަ އުފެދި އަނެެއްކާވެސް މެދު ކަނޑައިލީ ހެނދުނު ނުވައެއް ޖެހިރު ވޯޓްލާންދިޔަ މީހަކު އެހީތެރިއަކާ ވޯޓް ލެވޭނަ ކަމަށް ބުނާ މައްސަލައޮގަ އެވެ. މުޅި ސަރަހައްދުގައި ހަމަނުޖެހުން ހިނގަމުންދާއިރު އެންމެވެސް ބުނަމުންދަނީ ހަތަރެއް ޖަހާއިރަށް އެދާއިރާގެ ވޯޓްލައި ނުނިމޭނެ ކަމަށާއި ވަގުތު އިތުރުކުރަން ބޭނުންވާ ކަމަށެވެ.
14:30 މައްސަލަތަކާ ބެހެ ގޮތުން އިލެކްޝަންސްގެ ނޫސް ކޮންފަރެންސެއް ތިނެއް ޖަހާއިރު
ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި މިއަދު ވޯޓް ނަގަމުންދާއިރު މިހާތަނަށް ދިމާވި މައްސަލަތަކާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ތިނެއް ޖަހާއިރު ނޫސްވެރިންނާ ބައްދަލު ކުރާނެ އެވެ. މިއީ ތާރީހީ މި އިންތިހާބުގެ ވޯޓް ތެރޭގައި ކޮމިޝަނުން ނޫސްވެރިންނަށްދޭ ފުރަތަމަ ޕްރެސް ކޮންފަރެސެވެ.
14:21 ހަމަނުޖެހުންތަކާ ހުރެ ކުރިޔަށް ނުގެންދެވިގެން މެދުކަނޑައިލި ދާންދޫ ދާއިރާގެ، މާލޭ ވޯޓް ފޮށީގެ މައްސަލަތައް ހައްލުކޮށް އަލުން ވޯޓްލާން ފަށައިފި އެވެ. ވޯޓުލާން ފެށީ މެދުކަނޑާލިތާ ބައިގަޑިއިރެއްހާއިރު ފަހުންނެވެ. ވިލާ ކޮލެޖްގައިވާ އެ ވޯޓް ފޮށި ސަރަހައްދުގައި އަދިވެސް ފުލުހުން ތައްޔާރީ ހާލަތުގައި އެބަތިއްބެވެ.
14:07 ވޯޓްލާ މަރުކަޒުތަކުގައި ބެހެއްޓުމަށް ލާޒިމުކުރާ، ކެންޑިޑޭޓުން ވޯޓް ކަރުދާހުގައި ތަރުތީބުވެފައިވާ ގޮތް ހިމެނޭ ލިސްޓް މާލޭގެ ބައެއް ވޯޓް މަރުކަޒުގައި ނެތް ކަމަށް ސަންގެ ބައެއް ނޫސްވެރިން ބުނަމުން އެބަދެ އެވެ. އޭގެ ތެރޭގައި ކަސްޓަމްސްގައި ހުރި ފޮއްޓާއި ގާޒީ ބިލްޑިންޑިންގާއި ހުރަވީ ބިލްޑިންގާއި އިތުރު ވޯޓް މަރުކަޒެއް ހިމެނެ އެވެ.
14:04 ހުވަދު އަތޮޅު މީހުން މާލޭގައި ވޯޓް ލުމަށް ހާއްސަކޮށްފައިވާ ވިލާކޮލެޖްގައި ހަދާފައިވާ ސަފުތައް ފަޅާލައި ވޯޓްލާ މަރުކާޒުގައި ހަމަނުޖެހުން ހިންގަމުން އެބަދެ އެވެ. ހަމަނުޖެހުންތައް މައިތިރި ކުރުމަށް ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.
14:00 އިސްކަންދަރު ސްކޫލުގައި ވޯޓުލުމުގެ ހަރަކާތްތައް
http://www.youtube.com/watch?v=Wus-zjVf6vo
13:54 މާލޭ ސިޓީ ކައުންސިލާ ބެ ހޭގޮތުން އިލެކްޝަންސް އިން ދީފައިވާ ބަޔާން
13:47 ހއ. ބާރަށުގައި ވޯޓުލުން އަނެއްކާ ވެސް ކުރިއަށް އެބަދެ އެވެ.
އެސަރަހައްދުގައި ހުރި މީހަކު ބުނީ ވޯޓުލުން މެދު ކަނޑާލަން ޖެހުނީ ލޯ އަނދިރި މީހަކު ވޯޓުލާން އުޅެނިކޮށް އޭނާއާ އެކު އެހީތެރި އެއް ބޭނުންވާ ކަމަށް ބުނުމުން ކަމަށެވެ. އަދި ފަހުން އެ މައްސަލަ ހައްލު ކުރުމަށް ފަހު މިހާރު އެމީހާ އަށް ވެސް ވޯޓު ލެވިއްޖެ ކަމަށް ވެސް އެރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.
View Larger Map
13:42 ސިޓީ ކައުންސިލް މައްސަލައިގައި ތަފާތު މައްސަލަތައް ދިމާވި، އަދި ގިނަ މުޒާހަރާތައް ކުރި އައްޑު އަތޮޅުގެ ރަށްރަށުގައި މިހާތަނަށް ވޯޓްލާން ނުކުތް މީހުން ވަރަށް މަދު ކަމަށް އައްޑޫން ސަންއަށް މައުލޫމާތު ދެމުން އެބަދެ އެވެ. މާލޭގައި ވޯޓް ކަވަރު ކުރަމުންދާ ސަންގެ ނޫސްވެރިން ބުނީ މާލޭގައި ގާއިމްކޮށްފައިވާ އައްޑޫގެ ވޯޓް ފޮށިތަކަށް ވެސް މިހާތަނަށް ގިނަ އަދަދެއްގެ ބަޔަކު ވޯޓްލާން ގޮސްފައެއް ނުވެއެވެ.
ގަލޮޅު ދެކުނު ދާއިރާގެ ވޯޓުލުން ކުރިޔައްދަނީ
http://www.youtube.com/watch?v=eBU4mljSkYo
13:32 ލިޔަންކިޔަން ނޭނގޭ މީހަކަށް މީހެއްގެ އެހީތެރިކަމާއެކު ވޯޓް ދިން މައްސަލައިގައި ނ. މަނަދޫ ދެނަމްބަރު ވޯޓް ފޮށީގެ ވޯޓް ނެގުން މެދު ކެނޑިފައި އޮތުމަށް ފަހު އަނެއްކާވެސް ވޯޓްލާން ފަށައިފި އެވެ. އަލުން ވޯޓް ފެށީ ދެ ޕާޓީގެ މެންބަރުންގެ މެދުގައި އުފެދުނު ހަމަ ނުޖެހުންތައް ހައްލުކޮށް އިތުރަށް އެ މައްސަލަ ދިމާ ނުވާނެ ފަދަ ގޮތަކަށް އިލެކްޝަނުން ކަންތައްތައް ރޭވުމަށް ފަހު އެވެ.
13:05 މައްސަލަތައް އުފެދުނު ފަރެސް މާތޮޑާގައި ވޯޓް މެދު ކަނޑާލާފައި އޮތުމަށް ފަހު އަލުން ވޯޓުލާން ފަށައިފި އެވެ. އެރަށުގައި ވޯޓްލާން ފެށީ އިލެކްޝަންސްގެ މައި އިދާރާއިނޖް ވޯޓްލާން ފެށުމަށް އެނގުމުންނެވެ.
12:59 ހއ. ބާރަށުގައި ވޯޓުލަމުން ދަނިކޮށް އިނގިލީގައި ނިޝާން ޖެހުމަށް ބޭނުން ކުރާ ދެލިފުޅިތައް ވޯޓު ކަރުދާސްތައް މައްޗަށް ބަންޑުންގޮސް، ވޯޓުލުން މެދުކަނޑާލައިފި އެވެ. އަދި އެކަން ވަނީ އިލެކްޝަންސް އިން ވެސް ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް ވޯޓުކަރުދާސަތައް މައްޗަށް ދެލިފުޅިތައް ބަންޑުން ދިޔައީ ކީއްވެގެން ކަމެއް އިލެކްޝަންސް އަކުން ނުބުނެ އެވެ. އިލެކްޝަންސްގެ އޮފީޝަލަކު ދެންމެ ވިދާޅުވި ގޮތުގައި ވޯޓުކަރުދާސް މަތިންދާބޯޓެއްގައި އެ ރަށަށް ގެންދިއުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.
ބާރަށުން ވާހަކަ ދެއްކި މީހަކު ބުނީ ވޯޓުލުން މެދުކަނޑާލީ ދެލިފުޅިތަކާ ގުޅިގެން ނޫން ކަމަށާއި އެމްޑީޕީ ބަޔަކު ވޯޓުލާ ސަރަހައްދަށް ވަދެ ހަމަނުޖެހުން ހިންގުމުން ކަމަށެވެ. އޭނާ ބުނީ އެ ހަމަނުޖެހުމުގައި ފުލުހެއްގެ ގައިގައި ވެސް ޖެހި ކަމަށެވެ. ބާރަށު މީހާ ބުނީ ވޯޓުލުން މެދުކަނޑާލާފައި އޮންނާތާ ގަޑިއިރެއްހާއިރު ވެފައިވާ ކަމަށެވެ. އޭނާ ބުނީ މައްސަލަ ދިމާވީ އެމްޑީޕީ މީހަކު، އެހީތެރިވެ މީހަކަށް ވޯޓުލައްވައިދޭން އުޅުމުން ކަމަށެވެ.
12:56 މާލޭ ސިޓީ ކައުންސިލް ނަތީޖާ އިރުއޮއްސުމުގެ ކުރިން އިއުލާން ކުރާނެ ކަމަށް އިލެކްޝަނުން ބުނެފި އެވެ. އެކޮމިޝަނުން ބުނީ ރަށު ކައުންސިލްތަކުގެ އިންތިހާބުގެ ނަތީޖާ އިއުލާން ކުރެވޭވަރުވާނީ މިރޭ ކަމަށެވެ.
12:50 މިއަދުގެ ވޯޓްގައި އެންމެ ބޮޑަށް ދިމާވެފައިވާ މައްސަލައަކީ ނުކުޅެދޭ މީހުންގެ މައްސަލައިގެ ގޮތުގައި ނަގައިގެން އުޅޭ މައްސަލައެއް ކަމަށާއި އެއީ ވޯޓަށް ނުފޫޒު ފޯރުވުމުގެ އަމަލުތަކެއް ކަމަށް އިލެކްޝަނުން ސިފަކޮށްފި އެވެ.
"ނުކުޅެދޭ މީހުންގެ އިޝޫއަކީ މައްސަލައެއް ނޫން މައްސަލައަކީ ޖިސްމާނީ ނުކުޅެދުންތެރިންކަން ހުންނަ މީހުންގެ މައްސަލަ. އޭތި ނުބައި ގޮތަކަށް އަނބުރާލައިގެން އުފެދިގެން އުޅޭ މައްސަލަތައް ހުރިހާ ދިމާއެއްގައިވެސް އުޅެނީ،" ކޮމިޝަންގެ އިސްވެރިޔަކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެއީ ވޯޓަށް ނުފޫޒު ފޯރުވުމުގެ އަމަލުތަކެއް ކަމަށާއި އެކަމުގައި ދެޕާޓީ މީހުންނާއި ދެ ޕާޓީގެ ސަޕޯޓަރުން ވަރަށް ގައަށް އެބައުޅޭ ކަމަށެވެ.
http://www.youtube.com/watch?v=mC2PfFzPb10
12:26 "ވިލިމާލޭގެ ފޮއްޓަކަށް ވޯޓުލާން ދިޔަ މީހަކު ވޯޓް ކަރުދާސް ކޮޅުގެ ފޮޓޯއެއް ނެގި ކަމަށް ޝައްކު ކުރެވިގެން އެ މީހާ ހައްޔަރުކޮށް ފާސް ކުރުމަށް ފަހު ފުލުހުން ދޫކޮށްލައިފި އެވެ."
http://sun.mv/uploads/l_503019.jpg
12:21 އަދިވެސް ބައެއް ފަރާތްތަކުން ކެމްޕޭން ކުރަމުންދާ ކަމަށް ޓްރާންސްޕޭރެންސީ އޮފްދަ މޯލްޑިވްސް އިން ބުނެފި އެވެ.
އެމްއެންބީސީއަށް އިންޓަވިއު ދެއްވަމުން އެ ޖަމިއްޔާގެ އިސް އޮފިޝަލަކު ވިދާޅުވީ މިއަދު ވޯޓްލަމުންދާއިރު ކެމްޕޭން ކުރުން މަނާ ގަޑީގައި ކެމްޕޭން ނުކުމަށް އޮތް ކަމުގައި ވިޔަސް އަދި ކޮމިޝަނުން އެކަމަށް އެދެމުންދިޔަ ނަމަވެސް އަދިވެސް ވަރަށް ގިނަ ފަރާތްތަކުން ކެމްޕޭން ކުރަމުންދާ ކަމަށާއި ފަހަރުގައި ކަންތައް ދާ ގޮތުން އިންތިހާބުގެ ނަތީޖާ މީގެ ސަބަބުން ބައެއް ފަރާތްތަކުން ގަބޫލު ނުކޮށްފާނެ ކަމަށެވެ
http://sun.mv/uploads/l_502911.jpg
12:00 އަމިއްލައަށް ވޯޓު ނުލެވޭ މީހުންނަށް އެހީތެރިކަން ދިނުމުގެ މައްސަލައާ ގުޅިގެން ގދ. މަޑަވެލީގައި ބަހައްޓާފައި ހުރި ދެ ވޯޓު ފޮއްޓަށްވެސް ވޯޓުލުން މެދުކަނޑާލުމަށް ފަހު، މީގެ ކުޑައިރުކޮޅެއް ކުރިން އަނެއްކާވެސް ވޯޓުލުން ފަށައިފި އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި މަޑަވެލި އިޖްތިމާއީ މަރުކަޒާއި ސްކޫލްގައި ބަހައްޓާފައި ހުރި ދެ ވޯޓު ފޮއްޓަށް ވެސް ވޯޓުލުން ހުއްޓާލީ އެގާރަ ގަޑި ތިރީސް އެހާކަންހާއިރު އެވެ.
11:46 ކުރިން ހީކުރި ގޮތާއި ހިލާފަށް މުޅި ރާއްޖޭގައި ބާއްވައި ލޯކަލް ކައުންސިލް އިންތިހާބުގައި ގިނަ އަދަދެއްގެ ޒުވާނުންވެސް މިހާރު ނުކުމެ ވޯޓްލުމުގައި ބައިވެރި ވަމުން އެބަދެ އެވެ. ގިނަ އަދަދެއްގެ މީހުން ވޯޓުލާ މަރުކަޒުތަކުގައި ކިޔުޖެހިގެން މިހާރު ވެސް އެބަތިއްބެވެ. ވޯޓުލާން ނިކުންނަ މީހުންގެ އަދަދު އަންނަނީ އިރަކަށް ވުރެ އިރެއް އިތުރު ވަމުންނެވެ. ގިނައީ ޒުވާނުންނެވެ.
11:32 ޓްރާންސްޕޯޓް މިނިސްޓަރު އާދިލް ސަލީމް މިފްކޯގެ ބައެއް މުވައްޒަފުންނާއެކު ގދ. ކޫޑުއްޑޫއަށް ވަޑައިގެން އެރަށުގައި މަސައްކަތް ކުރާ މީހުންނަށް ބައްދަލުކޮށް މުވައްޒަފުންގެ އާއިލާތަކުގެ ވޯޓް އެމަނިކުފާނުގެ ޕާޓީ އެމްޑީޕީއަށް ހޯއްދެވުމަށް ކެމްޕޭން ކުރައްވަމުންދާ ކަމަށް ގއ. ވިލިނގިލިން ސަންއަށް މައުލޫމާތު ދެމުން އެބަދެ އެވެ.
11:30 ބަޔަކު ހަމަނުޖެހުން ހިންގާ ވޯޓު ފޮށި ޖަހައިގަތުމާ ގުޅިގެން ނ. ހޮޅުދޫ ކުޅިވަރު މަރުކަޒުގައި ވޯޓުލުން މެދުކަނޑާލައިފަ އޮންނަތާ ދޮޅުގަޑިއިރެއްހާއިރު ފަހުން އަނެއްކާވެސް ވޯޓުލުން ފަށައިގެން ކުރިއަށް އެބަދެ އެވެ.
ހޮޅުދޫ ރަށު އޮފީހުގެ އޮފިޝަލަކު ވިދާޅުވީ، ހޮޅުދޫގައި ވޯޓުލުން ފެށީ 11:15 ގައި ކަމަށެވެ. މިހާރުވެސް ގިނަ ބަޔަކު ވޯޓުލުމަށް ކިޔޫގައި ޖެހިގެން އެބަތިބި ކަމަށް އޭނާ ވިދާޅުވި އެވެ.
http://www.sun.mv/uploads/l_502633.jpg
11:20 ނ. މަނަދޫ ވޯޓް ފޮއްޓަކަށް ވޯޓްލާން ދިޔަ ލިޔަންކިޔަން ނުދަންނަ މީހަކަށް އެހީވީ ކަމަށް ބުނާ މައްސަލައެެއްގައި ދެ ޕާޓީގެ މެންބަރުންގެ މެދުގައި އަރައިރުން އުފެދި ނ. މަނަދޫ ދެނަމްބަރު ވޯޓު ފޮށި ކައިރިގައި އުފެދުނު މައްސަލަތައް ހައްލު ނުކުރެވިގެން އިލެކްޝަންސް ކޮމިޝަނުން ވަކި ގޮތެއް އަންގެންދެން ވޯޓުލުން ހުއްޓާލައި ވޯޓު ފޮށި ބަންދުކޮށްފި އެވެ. އެކަމާ ގުޅިގެން މަަނަދޫގައި އަދިވެސް ބޮޑު ދެޕާޓީގެ އަރައިރުންތައްދަނީ ކުރިޔަށެވެ.
http://www.sun.mv/uploads/l_502847.jpg
11:15 ގދ. ފަރެސްމާތޮޑެ ވޯޓުލާ މަރުކަޒެއްގެ ތެރެއަށް ބަޔަކު ވަދެގަނެ، އަޑުގަދަކުރަން ފެށުމާ ގުޅިގެން އެ ރަށުގައި ވެސް ވޯޓުލުން މެދުކަނޑާލައިފި އެވެ.
ފަރެސްމާތޮޑާގައި މިވަގުތު ހުންނެވި ސަންގެ ޓީމުގެ މުހައްމަދު އާމިރު ވިދާޅުވީ، ފަރެސްމާތޮޑާގެ ޕްރީ ސްކޫލްގައި ބަހައްޓާފައި ހުރި އެ ވޯޓު ފޮއްޓަށް ވޯޓުލުން ހުއްޓާލީ މިއަދު ހެނދުނު ދިހަގަޑި ފަންސާސް އެހާކަންހާއިރު ކަމަށެވެ. އަދި ވޯޓުލުން މެދުކަނޑާލީ، އަމިއްލައަށް ފާހަގަ ނުޖެހޭ ކަމަށް ބުނާ މީހުންނަށް އެހެން މީހެއްގެ އެހީތެރިކަން ދިނުމުގައި އިލެކްޝަންސް އިން އަމަލުކުރާގޮތާ މެދު ހިތްހަމަނުޖެހިގެން، ވޯޓުލާ މަރުކަޒުތެރެއަށް ބަޔަކު ވަދެގަތުމާ ގުޅިގެން ކަމަށް ވެސް އާމިރު ވިދާޅުވި އެވެ.
އާމިރު ވިދާޅުވީ، އިލެކްޝަންސް އިން އަމަލުކުރާ ގޮތުގެ ސަބަބުން ބައެއް ކެންޑިޑޭޓުންނާއި ވޯޓުލާ މީހުންގެ ހައްގުތައް ގެއްލޭ ކަމަށް ހިތްހަމަ ނުޖެހިގެން އަޑުގަދަކުރަމުންދާ މީހުން ބުނަމުން ގެންދާ ކަމަށެވެ.
11:00 މާލޭގެ އެކި ސަރަހައްދުތަކުގައި ބަހައްޓާފައިވާ ވޯޓްް ފޮށިތަކަށް ވޯޓްލުމަށް ކަނޑައަޅާފައިވާ ވަރަށް ގިނަ މީހުންނަށް ވޯޓްލާން ދާންވީ ސަރަހައްދާއި ވޯޓް ލާންޖެހޭ ވޯޓް ފޮށި ނޭނގިގެން ތަފާތު މައްސަލަތަކާ ޝަކުވާތައް ކުރަމުން އެބަދެ އެވެ. ބައެއް ފަރާތްތަކުން އެމީހުން ދިޔަ ސަރަހައްދުތަކުގައި ވޯޓް ނުލެވޭނެ ކަމަށް އެނގުމުން އެކަމާ ހިތްހަމަ ނުޖެހިގެން ވަނީ އެނބުރި ގެއަށް ގޮސްފަ އެވެ.
http://www.sun.mv/uploads/l_50226.jpg
10:30 ރަށުން ބޭރުގައި ވޯޓުލުމަށް ރަޖިސްޓްރީ ނުކުރާ އައްޑު އަތޮޅުގެ 200 އަށް ވުރެ ގިނަ ރައްޔިތުން ގޮވައިގެން ޗާޓާކޮށްފައިވާ މެގަ މޯލްޑިވްސް ފްލައިޓެއް ދެންމެ މާލެއިން ފުރައިފި އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި، އެ ފްލައިޓް ޗާޓާ ކޮށްފައިވަނީ އައްޑޫ ސިޓީ ކައުންސިލަށް ވާދަކުރާ އެމްޑީޕީގެ ދެ ކެންޑިޑޭޓުން އިސްނަގައިގެންނެވެ. އެ ފްލައިޓް އޮތީ ފުލް ކޮށެވެ. މި ފްލައިޓް ޗާޓަރުކޮށްފައި ވަނީ ބައިލައްކަ ޑޮލަރު ދީގެނެވެ.
10:19 ވިލިމާލޭގެ ފޮއްޓަކަށް ވޯޓުލާން ދިޔަ މީހަކު ވޯޓް ކަރުދާސް ކޮޅުގެ ފޮޓޯއެއް ނެގި ކަމަށް ޝައްކު ކުރެވިގެން އެ މީހާ ހައްޔަރުކޮށް ފާސް ކުރުމަށް ފަހު ފުލުުން ދޫކޮށްލައިފި އެވެ. އޭނާ އަށް ޝައްކު ކުރެވިގެން ހައްޔަރު ކުރީ ވޯޓިން ބޫތުގައި ފޯނުން ވާހަކަ ދައްކަފާއިވާތީ އާއި ފޯނުން ފޮޓޯ ނެގި ކަމަށް ޝައްކު ކުރެވިގެނެވެ.
"އޭނާ ފާސް ކުރުމަށް ފަހު ދޫކޮށްލައިފި. އޭނާ ފޮއްޓަށް ވައްޓާލި ކަރުދާސް ކޮޅުވެސް ބަލާފައެއް ނުވޭ. އޭނާގެ ފޯނުން ފޯޓޯއެއް ފެނިފައެއް ނުވޭ،"
09:56 ނ. ހޮޅުދޫގައި ވޯޓުލުން ކުރިއަށްދިޔައިރު އެހީތެރިކަން ބޭނުން ނުވާ މީހަކަށް ވޯޓުލާ މަރުކަޒުގެ އޮފިޝަލުން އެހީތެރިކަން ދިން ކަމަށް ބުނެ، ބަޔަކު ވޯޓުލުން ކުރިއަށްގެންދިއުމަށް ހުރަސް އަޅައި، ތަކެއްޗަށް ގެއްލުންދޭން ފެށުމުން އެ ރަށުގައި ވޯޓުލުން މެދުކަނޑާލައިފި އެވެ.
ސަން އަށް ކަށަވަރުވެފައިވާ ގޮތުގައި އެ މީހުން ވަނީ ވަގުތުކޮޅަށް އެ މީހުންގެ ބާރުގެ ދަށަށް ވޯޓުފޮށި ގެންގޮސްފަ އެވެ. އަދި ވޯޓުލާ މަރުކަޒު ހަލާކުކޮށްލި އެވެ.
ހޮޅުދޫ ރަށު އޮފީހުގެ އޮފިޝަލަކު ވިދާޅުވީ، ނ. ހޮޅުދޫ ކުޅިވަރު މަރުކަޒުގައި ބަހައްޓާފައި ހުރި ވޯޓު ފޮށި ކައިރީ މައްސަލަޖެހިގެން ވޯޓުލުން މެދުކަނޑާލީ މިއަދު ނުވަގަޑި ތިރީސް އެހާކަންހާއިރު ކަމަށެވެ. އޭނާ ވިދާޅުވީ، މައްސަލަ ޖެހެން މެދުވެރިވީ، އެތަނަށް ވޯޓުލާން ދިޔަ މީހެއްގެ ނުރުހުމުގައި، އޭނާއަށް އެހީތެރިކަން ދޭން އެތަނުގައި ހުންނެވި އިސް އޮފިޝަލު ނިންމެވުމުން ކަމަށެވެ.
"އެތަނުގައި އެންމެ އިސްކޮށް ހުންނެވި ބޭފުޅާ ނިންމީ އެހީތެރިކަން ދޭން ޖެހޭނެ ކަމަށް. އެކަމަކު ދެން ތިއްބެވި
މޮނީޓަރުންނާއި އޮބްޒާވަރުންނާ އޮފިޝަލުން އެބަ ބުނޭ އެމީހަކަށް އެހީތެރިކަން ދޭން ނުޖެހޭނެ ކަމަށް،"
އެ މައްސަލައިގައި އެތަނަށް ވޯޓުލާން ގޮސް ތިބި މީހުން ހިތްހަމަ ނުޖެހިގެން ވޯޓު ފޮށި "ޖަހައިގަނެ" ވޯޓުލާ ބޫތާއި އެހެންތަކެއްޗަށް ގެއްލުންދީފައިވާ ކަމަށް ވެސް އޮފިޝަލު މައުލޫމާތު ދެއްވި އެވެ. ފުލުހުން އެ ސަރަހައްދަށް ގޮސް، ހަމަނުޖެހުން ކޮންޓްރޯލްކޮށް، ވޯޓު ފޮށި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި، އެރަށުގައި ވޯޓު ފޮށި ޖަހައިގަނެ، ހަމަނުޖެހުން ހިންގައިފައިވަނީ އެމްޑީޕީ ބަޔަކެވެ.
ނ. ހޮޅުދޫގައި ބަހައްޓާފައިވަނީ ދެ ވޯޓު ފޮއްޓެވެ. އޭގެ ތެރެއިން އަނެއް ވޯޓު ފޮއްޓަށް ވޯޓުލުން މިހާރުވެސް ކުރިއަށްދާ ކަމަށް ހޮޅުދޫ ރަށު އޮފީހުން ބުނެ އެވެ.
-----------------------
http://www.sun.mv/uploads/l_502232.jpg
09:56: ނ. ހޮޅުދޫ ދެ ނަމްބަރު ވޯޓުފޮށި ބަޔަކު ޖަހައިގެންފި ކަމަށް ސަން އަަށް ކަށަވަރުވެއްޖެ އެވެ. ނަމަވެސް ފަހުން ފުލުހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ވޯޓުފޮށި ގެނެސްފަ އެވެ.
09:32 ބަޔަކު ދެކޮޅުހަދައި ނައިފަރުގައި ވޯޓުލުން ހުއްޓުވައިފި އެވެ. ނައިފަރުން ވާހަކަ ދެއްކި މީހަކު ބުނީ ނައިފަރުގެ ދެެނަމްބަރު ވޯޓު ފޮށީގެ ވޯޓުލުން ހުއްޓާލީ ބަލި މީހަކަށް ވޯޓުލުމުގަައި އެހީތެރިވެދިން ކަމުގެ ތުހުމަތުގަ އެވެ.
އެކަން ވަނީ އިލެކްޝަންސް އިން ވެސް ކަށަވަރުކޮށްދީފަ އެވެ.
ނައިފަރުން ވާހަކަ ދެއްކި މީހާ ބުނީ ވޯޓުލުން ހުއްޓުވީ އެމްޑީޕީ މީހުން ކަމަށާއި ވޯޓުލުން ހުއްޓާލާފައި އޮންނަތާ މިހާރު ބައިގަޑިއިރު ވެފައިވާ ކަމަށެވެ.
08:00 މާ ބޮޑު ފޯރިއެއް ނެތި ވޯޓުލާން ފަށައިފި
http://sun.mv/albums/l_111.jpgވވގަގގގގގގަސދއިޟވވ