03 Jan 2015, 16:12
މި އަހަރު ތެރޭގައި ބާއްވާ ދަރުސްތަކަށް ގިނަ އިލްމުވެރިން ގެންނާނީ ހުޅަނގުގެ ގައުމުތަކުން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އެގޮތަށް ވިދާޅުވީ، މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ. މިނިސްޓަރު މިއަދު ޓްވީޓެއް ކުރައްވާފައިވާ އިރު، އިސްލާމިކް މިނިސްޓްރީން ވަނީ އެމެރިކާގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޔާސިރު ގާޟީގެ އިތުރުން ޒިންބާބުއޭގެ މަޝްހޫރު އިލްމުވެރިއެއް ކަމަށްވާ މުފްތި މެންކް ރާއްޖެ ވަޑައިގަތުމަށް ދައުވަތު އަރުވާފަ އެވެ.
2015 vana aharu, public speech dhinumah gina ilmuverin gennaanee hulhangu ge qaumuthakun. In Sha Allah
— د.محمد شهيم علي سعيد (@Mohamedshaheem1)January 3, 2015
މިނިސްޓަރު ޝަހީމު "ސަން" އަށް ވިދާޅުވީ، މި އަހަރުގެ ތެރޭގައި ލަންޑަންގެ ސެންޓްރަލް މިސްކިތުގެ އިމާމު ޝެއިހް ސައީދުގެ އިތުރުން ކީރިތި ރަސޫލާ މަދީނާގައި ބިނާކުރެއްވި މިސްކިތް އަލް މަސްޖިދް އަލް ނަބަވީގެ އިމާމް ޑރ. ސޮލާހް މުދައިރް އަށް ވެސް ރާއްޖެ އައުމަށް ދައުވަތު އަރުވާފައިވާ ކަމަށެވެ.