މައްޗަންގޯޅިގައި ވިޔަފާރި މުދާ ރައްކާކޮށްފައި ހުރި ގުދަނެއްގައި އަލިފާން ރޯވެއްޖެ އެވެ.
ފުލުހުން ބުނީ އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ލިބިފައިނުވާ ކަމަށެވެ. ނަމަވެސް އެ ހާދިސާ ހިނގި ވަގުތު ގުދަނުގައި މީހަކު ހުރި ކަމެއް ނުވަތަ ނޫން ކަމެއް ފުލުހުން ވިދާޅެއްނުވެ އެވެ.
މައްޗަންގޯޅި ދަނބުރުއްމަގުގައި ހަތް ބުރިއަށް އިމާރާތްކޮށްފައިވާ ޗަންޕާމާގޭގެ އެންމެ ތިރީގައި ހުރި ގުދަނުގައި އަލިފާން ރޯވެފައި ވަނީ މިއަދު ހެނދުނު 9:00 ހާއިރު އެވެ. ނަމަވެސް އަލިފާން ރޯވެފައި ވަނީ ކީއްވެގެން ކަމެއް ނޭނގޭ ކަމަށާއި އެކަން އިތުރަށް ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
---------------
އަބާގެ ސަރަހައްދުން ގުދަނެއްގައި ރޯވެއްޖެ

އަބާގެ ސަރަހައްދުން ގުދަނެއްގައި ރޯވެއްޖެ އެވެ.
ފުލުހުން ބުނީ މިހާރު އެ މައްސަލަ ބަލަމުންދާ ކަމަށެވެ.
ހަ ބުރި އަށް ނަގާފައި އެގޭގައި ރޯވެފައި ވަނީ 9:00 ޖަހާކަންހާއިރު އެވެ.
ރޯވި އަލިފާން ގަނޑު މިހާރު ވަނީ ކޮންޓްރޯލް ކުރެވިފަ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ރޯވެފައި ވަނީ އެގޭގައި ހުރި ގުދަނެއްގެ ތެރޭގަ އެވެ.
އިތުރު ތަފްސީލު އަންނަނީ..