މަސްތުވާތަކެތި ގެންގުޅެމުން ދިޔަ ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާއި ގުޅިގެން ހޯދަމުން ދިޔަ މީހަކު ދ. އަތޮޅުގެ ފަޅުރަށަކުން ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ އެ މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައި ވަނީ 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި ދ. އަލޫފުށީގައި ހުއްޓާ ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށްފައި ވަނީ ދ. ކުޑަހުވަދޫގައި މަސައްކަތް ކުރާ ފުލުހުން ކަމަށެވެ.

އެ މައްސަލައާ ގުޅިގެން އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަން މަސައްކަތް ކުރި ވަގުތު އޭނާގެ އަތުގައި އޮތް މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ދެ ޕެކެޓް ވަނީ ބިންމައްޗަށް ވައްޓާލާފައި ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައާއި ގުޅިގެން އެނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރުމަށް 15 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.