އަންނަ ހަފްތާގައި ލަންކާގައި އޮންނަ ރިޔާސީ އިންތިހާބުގައި ދަންނަ "އިބްލީސް" އަށް ވޯޓު ދިނުމަށް ސްރީލަންކާގެ މައިނޮރަޓީ ގްރޫޕް، ތަމަޅައިންނަށް ރާޖަޕްކްސާ އިލްތިމާސް ކުރައްވައިފި އެވެ.

ސިންގަޅަ ނަސްލުގެ މީހުންގެ މެދުގައި ރާޖަޕަކްސާ މަގުބޫލެވެ. އެކަމަކު 37 އަހަރުގެ އަހުލީ ހަނގުރާމަ ނިންމާލި ގޮތް ވަރަށް ރަނގަޅަށް ތަމަޅައިން ވަނީ ޓެސްޓްކޮށްފަ އެވެ. އަދި އެއާ އެކު ތަމަޅަ ޕާޓީ އިން ވަނީ އިދިކޮޅު ކެންޑިޑޭޓް މައިތިރި ޕާލާ ސިރިސޭނާ އެންޑޯސްކޮށްފަ އެވެ. ނަމަވެސް ލަންކާގެ އުތުރުގައި އުޅޭ ޖެފްނާ މީހުން ކައިރީ ރައީސް ރާޖަޕަކްސާ ވިދާޅުވީ އެ މީހުންގެ ދިރިއުޅުމުގެ ކަންކަން ރަނގަޅުކޮށްދެއްވާނެ ކަމަށާއި އިންފްރާސްޓްރަކްޗާތައް ހައްދަވައި ދެއްވާނެ ކަމަށެވެ.

"މިއީ އަހަރެން ރައީސް ކަމަށް ހޮވުނު ފަހުން ޖެފްނާ އަށް ޒިޔާރަތް ކުރި 11 ވަނަ ފަހަރު،" ގާތްގަނޑަކަށް 10 އަހަރު ވަންދެން ވެރިކަމުގައި ހުންނެވި ރާޖަޕްކްސާ ވިދާޅުވި އެވެ.

"އަހަރެންނަކީ ދަންނަ އިބްލީސް، އާދޭސްކޮށްފައި މި ބުނީ އަހަރެންނަށް ވޯޓް ދިނުމަށް،" ރާޖަޕަކްސާ ވިދާޅުވި އެވެ.

ރާޖަޕަކްސާ،69، އަކީ މި ސަރަހައްދުގައި މިހާރު އެންމެ ދިގު މުއްދަތެއް ވަންދެން ވެރިކަމުގައި ހުންނެވި ވެރިޔާ އެވެ. އޭނާ ފުރަތަމަ ވެރިކަމަށް ވަޑައިގަތީ 2005 ވަނަ އަހަރު އެވެ. ރާޖަޕަކްސާގެ ޒައާމަތުގައި ލަންކާގައި ބޮޑެތި އިންފްރާސްޓްރަކްޗާތައް ގާއިމު ކުރެއްވި ކަމަށް ވަނީ ރެކޯޑްކުރެވިފަ އެވެ.

"އަހަރުން ވަނީ މި ސަރަހައްދަށް ކަރަންޓްދީފައި، އަދި އަހަރުން ވާނީ އާ ސްކޫލްތައް ވެސް ގާއިމުކޮށްފީފައި. ދެން އަހަރުން ދޭން ބޭނުން ވަނީ ސާފުފެން،" ހަނގުރާމަ އަށް ފަހު ވީރާނާވެފައިވާ ސަރަހައްދަށް ނިސްބަތްވާ ތަމަޅައިންގެ ވެރި ރަށް ޖަފްނާގައި ވާހަކަ ދައްކަވަމުން ރާޖަޕްކްސާ ވިދާޅުވި އެވެ.

ރައީސް ރާޖަޕްކްސާ ވިދާޅުވީ ޖެފްނާއާ މެދު ސިރިސޭނާގެ މާ ބޮޑު ޝައުގުވެރިކަމެއް ނެތް ކަމަށެވެ.


އަންނަ ބުރާސްފަތި ދުވަހު އޮންނަ އިންތިހާބުގެ ނަތީޖާ ނެރުމަށް ތަމަޅައިގެން ވޯޓު މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ދިރާސާތަކުން ދައްކަ އެވެ. މުޅި އިންތިހާބުގައި ވޯޓުލާ 15 މިލިއަން މީހުންގެ ތެރެއިން 13 ޕަސެންޓް މީހުން ނިސްބަތް ވަނީ ތަމަޅައިންނަށެވެ.

ސިރިސޭނާ ރޭހަށް ނުކުންނެވުމުގެ ކުރިން ރާޖަޕްކްސާ އަށް އިންތިހާބުގައި އެއްވެސް ޗެލެންޖެއް ނެތެވެ. ނަމަވެސް ރައީސްގެ ޕާޓީން ފަހަރަކު މީހަކު، ޕާޓީއެއް، ވަކިވަމުން ގޮސް ކޮންމެ ވޯޓެއް ރާޖަޕްކްސާ އަށް ވަނީ މުހިންމު ވޯޓަކަށްވެފަ އެވެ.

ހަނގުރާމަ އަށް ފަހު ލަންކާގެ އިގްތިސާދު އަންނަނީ ހަތް ޕަސެންޓްގެ ދުވެއްޔެއްގައި ކުރިއަރަމުންނެވެ. ނަމަވެސް ވޯޓު ދޭން ތިބި ގިނަ މީހުން ބުނަނީ އެެކަމުގެ ފައިދާ ހަމައެކަނި ކުރަނީ ވެރިކަން ކުރާ ޕާޓީ އަށް ނިސްބަތްވާ މީހުންނަށް ކަމަށެވެ.

ރާޖަޕްކްސާގެ ހުދުމުހުތާރު ކަމާ ދޭތެރޭ ވެސް އޭނާ އަށް އަންނަނީ ފާޑުކިޔުންތަކާ ކުރިމަތިވަމުންނެވެ. އަދި އެ މީހުން ބުނަނީ ޗީފް ޖަސްޓިސް މިދިޔަ އަހަރު ބޭރުކޮށްލުމުން ރާޖަޕަކްސާ ޑިމޮކްރަސީ އަށް ދޭ ސަމާލުކަން ޓެސްޓް ކުރެވިފައިވާ ކަމަށެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ، ލަންކާގެ އެތެރެ އާއި ބޭރުގެ ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި ވަކިވެގަތުމަށް މަސައްކަތް ކުރި ތަމަޅަ ހަނގުރާމަ ނިންމާލި އަހަރު އެކަނި ވެސް 40،000 އާންމުން ވަނީ މަރައިފަ އެވެ. މުޅި ތަމަޅަ ހަނގުރާމަ ނިމުނު އިރު 100،000 އަށް ވުރެ ގިނަ މީހުން މަރުވި ކަމަށް ރެކޯޑްތައް ދައްކަ އެވެ. ނަމަވެސް ހަނގުރާމާގައި އެއްްވެސް އާންމު މީހަކު މަރުވި ކަމަކަށް ރާޖަޕްކްސާ އެއްބަހެއް ނުވެ އެވެ. އަދި އެ މައްސަލަ ބެލުމަށް އދ. އިން ގާއިމު ކުރި ކޮމިޝަނަށް އެއްބާރުލެއްވުން ދެއްވުމަށް ވެސް ރާޖަޕަކްސާ ވަނީ އިންކާރު ކުރައްވައިފަ އެވެ.

ކޮލަަމްބޯ އާ 400 ކިލޯ މީޓަރު ނޫނީ 250 މޭލު އުތުރުގައި އޮންނަ ޖެފްނާ އަށް ރާޖަޕަކްސާ މި ވަޑައިގަތީ ތަމަޅަ މީހުން ވޯޓުލުމަށް ބިރުދެއްކުމުގެ ގޮތުން ސިފައިން އެ ސަރަހައްދަށް ފޮނުވާ ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކޮށްފައި ވަނިކޮށެވެ.

ހަނގުރާމަ އަށް ފަހު ރިކޮންސިލިއޭޝަންގެ މަސައްކަތްތައް ކުރިއަށް ނުދާ ކަމަށް ބުނެ، ޖެފްނާ ސްޓޭޓްގެ ލޯކަލް ގަވަރުމަންޓް ކޮންޓްރޯލް ކުރާ ނޭޝަނަލް އެލަޔަންސް ވަނީ އިދިކޮޅު ޕާޓީއާ ގުޅިފަ އެވެ.
މައުލޫމާތު: ލަންކާގެ ނޫސްތައް