އަރިމަތީން އައި ވައި ރޯޅިއެއްގައި ޖެހި ބޯޓެއް ރަންވޭމަތިން ކައްސާލައި ހަތަރު މީހަކަށް އަނިޔާވެއްޖެ އެވެ.

ބީބީސީ އިން މިއަދު ބުނީ ސްކޯޓްލޭންޑްގެ މަތިންދާ ބޯޓެއް މިއަދު ހެނދުނު ފުރަން އޮތީ 8:30ގައި ކަމަށާއި ކުއްލި އަކަށް ނުވަތުން އައި ވައިރޯޅިއެއްގައި ޖެހި ބޯޓް ރަންވޭމަތިން ކައްސާލީ ކަމަށެވެ.

ސްކޮޓްލޭންޑްގެ ފުލުހުންނާ ހަވާލާދީ ބީބީސީ އިން ބުނީ އެ ހާދިސާގައި ދެ ފިރިހެނަކަށް ހޮސްޕިޓަލުން ފަރުވާދީފައިވާ ކަމަށާއި އަދި ދެ އަންހެނަކަށް ކުދިކުދި އަނިޔާވި ކަމަށެވެ. ނަމަވެސް އެ ދެ މީހުންނަށް ފަރުވާން ދޭން ނުޖެހޭ ކަމަށެވެ.


އެ މައްސަލަގައިގެ ތަފްސީލީ ތަހްގީގުތައް އަންނަނީ ކުރަމުންނެވެ.

އެ ހާދިސާ ހިނގި އިރު ބޯޓުގައި 25 ފަސިންޖަރުންނާއި ތިން ފަޅުވެރިން ތިއްބެވެ. އެ ބޯޓުގެ ފަސިންޖަރަކު ބީބީސީ އަށް ބުނީ ބޯޓުގެ ހުންގާނުގައި ނުވަތު ރޯޅިއެއް ޖެހުނު ކަމުގެ އިހްސާސް ކުރެވެނު ކަމަށެވެ.