05 Feb 2011, 09:32
ބަޔަކު ދެކޮޅުހަދައި ނައިފަރުގައި ވޯޓުލުން ހުއްޓުވައިފި އެވެ. ނައިފަރުން ވާހަކަ ދެއްކި މީހަކު ބުނީ ނައިފަރުގެ ދެެނަމްބަރު ވޯޓު ފޮށީގެ ވޯޓުލުން ހުއްޓާލީ ބަލި މީހަކަށް ވޯޓުލުމުގަައި އެހީތެރިވެދިން ކަމުގެ ތުހުމަތުގަ އެވެ.
އެކަން ވަނީ އިލެކްޝަންސް އިން ވެސް ކަށަވަރުކޮށްދީފަ އެވެ.
ނައިފަރުން ވާހަކަ ދެއްކި މީހާ ބުނީ ވޯޓުލުން ހުއްޓުވީ އެމްޑީޕީ މީހުން ކަމަށާއި ވޯޓުލުން ހުއްޓާލާފައި އޮންނަތާ މިހާރު ބައިގަޑިއިރު ވެފައިވާ ކަމަށެވެ.