01 Jan 2015, 20:13
މީލާދީ އާ އަހަރެއް ފެށިގެން ދާއިރު މިވަގުތަކީ އިގްތިސާދީ ފުއްދުންތެރިކަމާއި އިޖްތިމާއީ ހާލަތު ކުރިއަށް ޖައްސަންވި ވަގުތު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ވިދާޅުވެއްޖެ އެވެ.
މީލާދީ އާ އަހަރުގެ މުނާސަބަތުގައި މަސީހު ނެރުއްވި ހިތާބުގައި ވިދާޅުވެފައި ވަނީ މިއީ ދިވެހިރާއްޖޭ އިތުރަށް މުއްސަނދި ކުރުމަށް އަޒުމް ކަނޑައަޅަންވި ވަގުތު ކަމަށެވެ. އަދި މިވަގުތުގައި ރިވެތި އަހުލާގީ ސިފަތައް އަށެގެނުވާ އުހުތުންނާއި އަހުންނާއި އެކު ކުރެވޭ މުއާމަލާތްތަކުގައި ތެދުވެރިކަމާއި އިހުލާސްތެރިކަމާއި އެކު ކުލުނާއެކު ކުރެވޭ މުއާމަލާތްތަކަށް ހަދަންވީ ވަގުތު ކަމަށް މަސީހުގެ ހިތާބުގައި ވަނީ ވިދާޅުވެފައި އެވެ. ހަމައެއާއެކު މިވަގުތަކީ މެހެމާނުންނަށް ކަމޭހިތަންވީ ވަގުތު ކަމަށްވެސް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
މި ވަގުތަކީ އުމްރާނީ ތަރައްގީ ހަލުވިކޮށް އިޖުތިމާއީ އަދާލާތު ހަރުދަނާ ކުރަންވީ ވަގުތު ކަމަށް ވެސް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. އަދި ޒުވާނުންނާއި އަންހެނުންނަށް އިތުރު ފުރުސަތުތައް ހުޅުވައިދީ މުޖުތަމައުގެ އެއްބައިވަންތަކާއި ރައްޔިތުންގެ އެއްބައިވަންތަކަން ވަރުގަދަކުރަންޖެހޭ ކަމަށް ވެސް މަސީހު ވިދާޅުވިއެވެ.
"ހުއްބުލްބަތަންގެ ރޫހް ކުރިއަށް ނެރެ ފަރުދީ މަންފާތަކަށްވުރެއް ގައުމީ މަސްލަހަތު އިސްކުރުމަށެވެ. ރާއްޖޭގެ އަމަން އަމާންކަމާއި ހުއްރިއްޔަތާއި ސިޔާދަތު ދެމެހެއްޓުމަށެވެ." މަސީހުގެ ޚިތޯބުގައި ވެއެވެ.