01 Jan 2015, 16:16
ކެރެލާ ޖެނުއަރީ1 -- އިންޑިއާގައި އިންޖީނިއަރިން ކިޔަވަމުން އައި އެ ގައުމުގެ ހަ ދަރިވަރަކު އާ އަހަރު ފާހަގަ ކުރުމަށް ފަހު އެނބުރި ގެއަށް އައި މަގުމަތީގައި ކާރު ޓްރަކެއެއްގައި ޖެހި އެ ހަ ކުދިން ރޭ މަރުވުވެއްޖެ އެވެ.
ފުލުހުންނާ ހަވާލާދީ އެންޑީޓީވީ އިން މިއަދު ބުނީ ކެރެލާގެ ކޯލަމްގައި އެ އެކްސިޑެންޓް ހިނގުމާ އެކު އެ ކުދިން ވަގުތުން މަރުވެފައިވާ ކަމަށެވެ. އަދި އެކްސިޑެންޓް ހިނގައި ކާރު ޗިސްޗިސްވިލެއް ބޮޑުކަމުން އެކުދިންގެ ހަށިތައް ކާރުން ނެރުމަށް ވެސް ދަތިތަކެއް ދިމާވި ކަމަށެވެ.
އެ ކުދިންނަކީ ކޯލަމްގެ ޓީކޭއެމްގައި ކޮލެޖުގައި އިންޖިނިއަރިން ކިޔަވަމުން އަންނަ އަދި ތިން ވަނަ އަހަރު ހޭދަ ކުރަމުން އަންނަ ކުދިން ކަމަށް އެ ނޫހުން ބުންޏެވެ.
އެކްސިޑެންޓް ހިނގީ ވަރުކަލާ ބީޗުގައި އޮތް ޕާޓީއެއް ނިންމުމަށް ފަހު އައި މަގުމަތީގައި ހައިވޭ އިން ދަތުރުކުރި އެހެން ކާރެއްގެ ކުރިއެރުމަށް މަސައްކަތް ކުރަނިކޮށް، ޓްރެކެއްގައި ޖެހިގެންނެވެ.