ފްލޮރިޑާ : އެމެރިކާގެ އަންހެނަކު ރުޅިގަދަވެގެން އޭނާގެ ދެދަރިން މަރާލައިފިއެވެ. ޖޫލީ ޝިނީކަރ ނަމަކަށްކިޔާ އުމުރުން 50 އަހަރުގެ މިއަންހެންމީހާ މަރާލާފައިވަނީ އޭނާގެ އަންހެން ދަރިފުޅު (ޢުމުރުން 16 އަހަރުގެ) ކެލީކްސް އާއި ފިހެންދަރިފުޅު ޢުމުރުން 13 އަހަރުގެ ޕޮޕަވްރަޒް އެވެ.
މީގެތެރެއިން ފިރިހެންދަރިފުޅުގެ ހަށިގނަޑު ފެނިފައިވަނީ އެޢާއިލާގެ ކާރުގެ ތެރެއިންނެވެ. އަންހެންދަރިފުޅުގެ ހަށިގަނޑު ފެނިފައިވަނީ ގޭގައި ހުންނަ އޭނާގެ ކޮޓަރިންނެވެ.

މިޖަރީމާ ހިންގި ރަށްކަމަށްވާ "ތާންޕާ" ގެ ފުލުހުން ބުނިގޮތުގައި މިދެކުދިންގެ މަންމަވަނީ އޭނާގެ ދެދަރިން މެރިކަމަށް އެއްބަސްވެ މިޖަރީމާ ހިންގި ގޮތުގެ ތަފްސީލް ފުލުހުންނަށް ކިޔައިދީފައެވެ. މިދެކުދިންގެ މަންމަ ބުނިގޮތުން މީގެތެރެއިން ފިރިހެން ކުއްޖާ މަރާލީ އޭނާއަށް ފުޓްބޯޅައިގެ ތަމްރީން ދިނުމަށްޓަކައި ތަމްރީން މަރުކަޒަކަށް ގެންދިޔުމުގެ މަގުމަތީގައެވެ. އަންހެން ކުއްޖާ މަރާލިކަމަށްވަނީ އޭނާގެ ކޮޓަރީގައި ކިޔަވަން އިންދައި ބަޑިޖަހައިގެންނެވެ. މިޖަރީމާގެ ޚަަބަރު ފުލުހުންނަށްދިންީ މިއަންހެންމީހާގެ މަންމަ (މަރާލެވުނު ދެކުދިންގެ މާމަ) އެވެ. -- އަލްޢާލަމް