ޗައިނާގެ ސިޓީއެއް ކަމަށްވާ ޝަންގްހާއީގައި އާ އަހަރު ފާހަގަކުރުމަށް ބޭއްވި އެއްވުމެއްގައި ފިތިގެން 35 މީހުން މަރުވެއްޖެ އެވެ.

ޗައިނާގެ ރަސްމީ ނޫސް އެޖެންސީ، ޒިންހުއާއާ ހަވާލާދީ އެސޯސިއޭޓެޑް ޕްރެސް (އޭޕީ)ގައި ބުނެފައި ވަނީ، އެ ހާދިސާ ހިނގާފައި ވަނީ ޝަންގްހާއީގެ ކޯރެއް ކައިރީގައި އޮންނަ ބަންޑް ނަމަކަށް ކިޔާ ސަރަހައްދެއްގައި ކަމަށެވެ.

މެންދަމު 12:00 ޖެހުމުގެ ބައިގަޑިއިރު ކުރިން ހިނގި އެ ހާދިސާގައި 35 މީހުން މަރުވެ، 42 މީހަކަށް އަނިޔާވެފައިވާ އިރު، އޭގެން އެއްބަޔަކު ވަނީ ފަރުވާ ދިނުމަށް ޝަންގްހާއީ ހޮސްޕިޓަލުތަކަށް ވަގުތުން ގެންގޮސްފަ އެވެ. އަދި ބައެއް މީހުންނަށް އެމަޖެންސީ ސާވިސަސްގެ ފަރާތުން އެ ސަރަހައްދުގައި ވެސް ފަރުވާ ދީފައިވާ ކަމަށް އެ ނޫހުގައި ބުނެފައިވެ އެވެ.

ޗައިނާގެ އެންމެ މީހުން ގިނަ ޝަންގްހާއީ ސިޓީގެ ސަރުކާރާ ހަވާލާދީ ޒިންހުއާ ނިއުސް އެޖެންސީގައި ބުނެފައި ވަނީ، އެ ހާދިސާ ތަހުގީގު ކުރުމަށް ހާއްސަ ޓީމެއް އެކުލަވާލާފަ އެވެ.